ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބަންގްލަދޭޝް: ކޮވިޑުގެ ފޭކު ނަތީޖާތަކަކާ ގުޅިގެން ހޮސްޕިޓަލެއްގެ ވެރިޔާ ހައްޔަރުކޮށްފި

Jul 16, 2020

ޑާކާ (ޖުލައި 16) - ކޮވިޑް-19 އިގެ އެތަކެއް ހާސް ފޭކު ނަތީޖާތަކެއް ދޫކުރިކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ އަމިއްލަ ހޮސްޕިޓަލުގެ ވެރިޔާ ހައްޔަރުކޮށްފި އެވެ.

ދެ ކްލިނިކެއް ހިންގާ މުހައްމަދު ޝާހިދު ނަމަކަށް ކިއާ އެ މީހާ ހައްޔަރުކޮށްފައިވަނީ، ބުރުގާ އަޅައިގެން އިންޑިއާއަށް ފިލައިގެންދާން އުޅެނިކޮށްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ޓެސްޓުވެސް ނުކޮށް، އެތަކެއް ހާސް ބަޔަކަށް ކޮވިޑް-19 އަށް ނެގެޓިވް ކަމުގެ ސެޓިފިކެޓުތަކެއް ދޫކުރިކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައިވަނީ، ފުލުހުން އޭނާ ހޯދަމުންދާތާ ނުވަ ދުވަސް ފަހުންނެވެ.

ޝާހިދު، 42 އާއެކު، އެ ދެ ކްލިނުކާ ގުޅުން ހުރި އިތުރު ބަޔަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އެގޮތުން، އޭނާގެ ދެ ކުލިނިކުން ޖުމްލަ 10،500 ޓެސްޓު ހަދާފައިވާއިރު، އޭގެ ތެރެއިން 6،300 ސެޓިފިކެޓު ދޫކޮށްފައިވަނީ ޓެސްޓުނުކޮށްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ބަންގްލަދޭޝްގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 193،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 2،450 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.