އެމްއެންޑީއެފް

ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ: އެމްއެންޑީއެފް

އދ. މަންދުއަށް ދަތުރުކުރި ދޯންޏަކުން ގެއްލުނު ޒުވާނާ އަދިވެސް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

ގެއްލިގެން ހޯދަމުންދަނީ މަންދޫ، ރަތްވިލާގޭ އަލީ ޝާހު އެވެ. އުމުރުން 27 އަހަރުގެ އެ ޒުވާނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ރޭ މެންދަމު 2:10 އެހާކަންހާއިރުއެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ މާލެއިން ފުރައިގެން މަންދުއަށް ދަތުކުރި ރަންތަރި ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި އުމުރުން 27 އަހަރުގެ ޒުވާނަކު ގެއްލިގެން ރޭ މެންދަމު ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ޝާހު ދޯނީގައި ނެތްކަން އެނގުނީ މަންދޫ ފަޅަށް ވަތްފަހުން ކަމަށް ދޯނީގެ ކެޕްޓަން ބުނާ ކަމަށެވެ. ޝާހު އަކީ ހޯމް ކަރަންޓީނަށް މަންދޫއަށް ދިޔަ މީހެކެވެ.

އޭނާ ހޯދުމަށް ސިފައިންގެ ޑައިވަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މަންދޫގެ ރައްޔިތުންވެސް ދަނީ އެ މަަސައްކަތް ކުރަމުންނެވެ.