ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖެއަށް ވިއްސާރަކޮށް ގަދަ ވަޔާއެކު ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލު ވާން މޯލްޑިވްސް މީޓިއޮރޮލިޖަކްލް ސާވިސް އިން އިލްތިމާސެއް ކޮށްފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރިއަށް އޮތް 48 ގަޑިއިރު ވަޔާއި ކަނޑު ގަދަވެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެހެން ކަމުން ކަނޑުދަތުރު ކުރާ އެންމެން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.
ކުރިޔަށް އޮތް ވަގުތުތަކުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގަ އެވެ. ވިލާގަނޑުގައި 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވާނެ އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވެފައި ވާތީ ކަނޑުދަތުރު ކުރުމުގައި މޫސުމަށް ހާއްސަ ސަމާލު ކަމެއް ދޭން އެމްއެންޑީއެފުން ވެސް ވަނީ މިއދު އެދިފަ އެވެ. ކަނޑުމަތީގެ ހާދިސާތައް މިދިޔަ ދެ ދުވަހު ވަނީ އިތުރުވެފަ އެވެ.
މޫސުން ގޯސްވެފައި ވަނިކޮށް މަސްވެރި ކަމަށް މިއަދު ކަމަށް ނުކުމެ އުޅުނު ދޯންޏެއް އަޑިއަށް ގޮސް އޭގެ ތިބި ނުވަ މީހަކު ކަނޑުވެފައި ތިއްބާ ވަނީ ސަލާމަތް ކޮށްފަ އެވެ. އަދި އައްޑު އަތޮޅުގެ އުތުރުން ދަތުރު ކުރަަމުން ދިޔަ ބޯޓެއްގެ ކަފުގައި އޮތް ޑިންގީއެއް މިއަދު ބަންޑުން ޖަހާލާފައިވެސް ވެއެވެ.
ފޯކާސްޓް: މިރޭގެ 8 އިންް މާދަމާރޭގެ 8 އަށް
- ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ
- ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ
- ދެކުނަށް ހުޅަނގުއުތުރާއި އުތުރުން އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ވައި ޖެހޭނެ
- ވައި ޖެހޭނީ ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގައި
- ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައި ގަދަވާނެ
- ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ
- ރާޅުގެ އުސްމިން ހުންނާނމީ ތިން ފޫޓާއި ހަ ފޫޓުގައި
މިހާރު ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ ފުސް ނަކަތެ. މި ނަކަތް ޖުލައި 15 ވަނަ ދުވަހުން ފެށިގެން 28 ޖުލައިގެ ނިޔަލަށް ދެމިގެންދާނެ އެވެ. ހުޅަނގުގެ އަށް ވަނަ މި ނަތަކަތަކީ އުޑަމަތީގައި ފުސް ވިލާ ގިނަ، ވާރޭ ބޯ ނަކަތެކެވެ. ގިނަ ވަގުތުތަކުގައި ވައި ހުންނާނީ ހުޅަނގާއި ހުޅަނގު އުތުތުގަަ އވެެ، އެވެ. އަދި ގަޑިއަކު 20.37 ކިލޯމީޓަރުގެ ބާރު މިނުގައި ވައި ޖެހޭއިރު ބޯވާރެއާއެކު 88،6 މިލިމީޓަރުގެ ވާރޭ ވެހޭނެ އެވެ.
މި ނަކަތާއެކު އަންނަ ވިއްސާރަ، މި މޫސުމުގެ ނުވަ ވަނަ ނަކަތް ކަމަށްވާ އަހުލިހަ އާއި ދިވަނަ ނަކަތް، މާ އިން ނެއްޓި ފުރަ ނަތަކުގެ މެދާ ހަމައަށް ދެމިގެން ދާނެ އެވެ. އަހުލިހަ އާއި މާ ނަކަތުގައި ވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ.