ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ތުޅާދޫ

ތުޅާދޫން މަރުވި މީހާ ކޮވިޑަށް ޕޮޒިޓިވް

Jul 18, 2020
1

ބ. ތުޅާދޫގައި ކަރަންޓީނުގައި ހުއްޓާ ހިތް ހުއްޓިގެން މަރުވި ފިރިހެން މީހާ ކޮވިޑަށް ޕޮޒިޓިވެފައިވާ ކަން އެނގިއްޖެ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ އެ ރަށުް މަރުވި މީހާގެ ސާމްޕަލް މިއަދު ނަގައި ނަތީޖާ ލިބުނު އިރު ކޮވިޑަށް ޕޮޒިޓިވް ކަމަށެވެ.

އުމުރުން 59 އަހަރުގައި މަރުވި މީހާއަކީ ހަކުރު ބަލިވެސް ހުންނަ މީހެކެވެ. އެ މީހާ މާލެއިން ރަށަށް ދިޔައީ ރަށުގައި ކަރަންޓީނު ވާށެވެ.
މިއީ ކަރަންޓީނުގައި ހުއްޓާ ކޮވިޑް ޖެހިގެން އަތޮޅުތަކުގެ ރަށެއްގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ. އަދި މިއީ ތުޅާދޫން ކޮވިޑްގެ ކޭހެއް ފެނުނު ފުރަތަމަ ފަހަރުވެސް މެއެވެ،