ހަބަރު

އެޗްއާރުސީއެމްގެ އިތުރު މެންބަރަކު އިސްތިއުފާ ދެއްވައިފި

Jul 19, 2020
2

ހިިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެމްބަރުކަމުން މޫސާ އަލީ ކަލޭފާނު އިސްތިއުފާ ދެއްވައިފި އެވެ.

މޫސަގެ އިސްތިއުފާ ސިޓީގައި ވަނީ މަގާމުގެ މަސްއޫލިއްޔަތު މިނިވަންކަމާއި، މުސްތަގިއްލުކަމާއެކު އަދާކުރެވޭނެ މާހައުލެއް މިވަގުތު ނެތްކަމަށަށް ގަބޫލުކުރައްވާކަމަށް ވިދާޅުވެފަ އެވެ.

އެ ކޮމިޝަނުގެ ރައީސާ އާއި އިތުރު މެމްބަރަކު މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވާފައިވާއިރު މޫސަ ވެސް އިސްތިއުފާ ދެއްވާފައިމިވަނީ އެޗްއާރުސީއެމްގެ މެންބަރުން ވަކި ކުރުމުގެ މައްސަލަ ދިރާސާކޮށް ކުރިއަށް ގެންދަން ޖެހޭ އިޖުރާއަތްތައް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވާފަައިވަނިކޮށެވެ.

ކޮމިޝަންގެ ހަތަރު މެމްބަރެއްގެ ދައުރު ހަމަވާތީ، އެ ކޮމިޝަނަށް ކުރިމަތިލާން ވެސް ރައީސް އޮފީހުން ވަނީ ހުޅުވާލައިފަ އެވެ.

ދައުރު ހަމަވަނީ، އީނާސް އާއި މެމްބަރުންގެ ގޮތުގައި ތިއްބެވި މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ އަދި އަފްރީން މުހައްމަދުގެ އެވެ. އެޗްއާރުސީއެމްގައި ދެން ހުންނަވާނީ ނައިބު ރައީސް މުހައްމަދު ޒާހިދު އެކަންޏެވެ.