ޖިންސީ ފުރައްސާރަ

ޖިންސީ ގޯނާގެ ތުހުމަތާއެކު ފަޒީލް ސަސްޕެންޑު

Jul 20, 2020
1

ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރު އަހުމަދު ފަޒީލް (އޮއްޕޮ) ގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރުމާއި ގުޅިގެން އޭނާ އެ މަގާމުން ސަސްޕެންޑުކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ފަޒީލްގެ މައްޗަށްުރެވޭ ޖިންސީ ގޯނާގެ ސީރިޔަސް ތުހުމަތުތަކާއެކު ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރުގެ މަގާމުން އޭނާ ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން ގެންދާ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި މިދިޔަ ދެ ދުވަހު ފަޒީލާ ގުޅޭ ގޮތުން ޖިންސީ ގޯނާއާއި ފުރައްސާރައާ ގުޅޭ ސީރިޔަސް ތުހުމަތުތަކެއް ވަނީ ފެންމަތިކޮށްފަ އެވެ. އޭނާ ފިޝަރީޒްގެ ކޮމިއުނިކޭޝަން ޑައިރެކްޓަރުގެ މަގާމަށް އައްޔަން ކޮށްފައި ވަނީ އެމްއާރްއެމްގެ ސްލޮޓެއްގަ އެވެ. އެ މައްސަލަ އެ ޕާޓީން ވެސް ގެންދަނީ ބަލަމުންނެވެ.