ޖިންސީ ފުރައްސާރަ

ތުހުމަތުތަކައް ފަޒީލް އިންކާރުކޮށްފި

Jul 23, 2020

ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރު، އަހުމަދު ފަޒީލް (އޮއްޕޮ) ގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުތައް ދޮގުކޮށް އޭނާ އިންކާރު ކޮށްފި އެވެ.

ފަޒީލްގެ މައްޗަށް ވަނީ ރޭޕާއި ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކޮށްފަ އެވެ. އެ މައްސަލަތަކާ ގުޅިގެން އޭނާ ވަނީ މަގާމުން ސަސްޕެންޑުކޮށްފަ އެވެ.

ފަޒީލް މިއަދު ޓްވިޓާގައި ބުނީ އޭނާ އާ މެދު ކުރާ ތުހުމަތުތައް ތަހުގީގުކޮށް ބަލައިދިނުމަށް އެެދި މިދިޔަ އަންގާރަ ދުވަހު ފުލުސް އިދާރާގައި އެދިފައިވާނެ ކަމަށެވެ. އަދި އޭނާގެ އުމުރުން 17 އަހަރުގައި ކުރި ކަމަށް ބުނާ ކުށުގެ އެ ތުހުމަތަށް އިންކާރުކުރާ ކަމަށާއި އެފަދަ މައްސަލަ ފުލުހަށް ހުށަހަޅާ ތަހުގީގެއް ކުރި ކަމެއް ނޭނގޭ ކަމަށާއި ތުހުމަތުވާ ގޮތަށް ސިޔާސީ ނުފޫޒެއް ބޭނުން ކުރަން އޭރު އޭނާ ހުރީ ސިޔާސީ މަގާމެއްގައި ނޫން ކަމަށެވެ.

"އޭރު އަޅުގަނޑަކީ ސޔާސީ ކަމެއްގައި އުޅުނު މީހެއް ނޫން. އަޅުގަނޑުގެ ކިބައިން އުނދަގުލެއް ނުތަނަވަސްކަމެއް ލިބިފައިވާ ފަރާތެއް ހުރެދާނެ ކަމަށް އެ ފަރާތެއްގެ ކިބައިން ނުހަނު މައާފަށް އެދެން. އަދި އެ ފަދަ ފަރާތެއް ވާނަމަ ކަމާބެހޭ ފަރާތަށް އެކަން ހުށަހެޅުން އެދެން" ފަޒީލް ކުރި ޓްވީޓުގައި ވެ އެވެ.