ޖިންސީ ގޯނާ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދޮންބައްޕަ ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ނޯތް ޕޮލިސް ރީޖަން -- ނ، ރ، ބ، ޅ އަތޮޅު -- ގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާކުރި މައްސަލައެއް ބަލަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ މީހާގެ ބަންދަށް މުއްދަތު ޖަހަން ހާޒިރުކުރުމުން ޝަރީއަތުން ވަކި ގޮތެއް ނިންމަން ދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެ ކުއްޖާގެ ދޮން ބައްޕަ ކަމަށް އެނގިފައިވެއެވެ.

ފުލުހުން ބުނީ ޖެންޑާއާ ގުޅިގެން މައްސަލަ ބަލަމުންދާ ކަމަށެވެ.