ހަބަރު

ދޯންޏެއް ފަރަށް އަރައިފި

ބ. އަތޮޅުން ފުރައިގެން ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއް ތިލަފުށި ކައިރި ފަރަކަށް އަރައިފި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ތިން މީހުންނާއެކު ދަތުރުކޮށް ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއް ތިލަފުށި އުތުރު ނެރުކައިރިން ފަރަށް އެރުމުން ކޯސްޓްގާޑުން ވަނީ ހަރަކާތްތެރިވެފަ އެވެ. ފަރަށް އަރާފައިވަނީ "ނޫމަސް" ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ދޯނީގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީއެކެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި ވަނީ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގާފަ އެވެ.