ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ތިން މިސްކިތް ޑިސްއިންފެކްޓުކޮށް ހުޅުވައިފި

ކޮވިޑް-19 އަށް ޕޮޒިޓިވްވި ބަޔަކު ދިޔަ ތިން މިސްކިތެއް ބަންދުކޮށް ޑިސްއިންފެކްޓް ކުރުމަށް ފަހު އަލުން މިއަދު ހުޅުވައިފި އެވެ.

ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ބަންދު ކުރީ މަސްޖިދުލް ސުލްތާން ހަސަން އިއްޒުއްދީން މިސްކިތާއި މަސްޖިދުލް ސުލްތާން މުހައްމަދު އިމާދުއްދީންގެ އިތުރުން މަސްޖިދުލް އަފީފުއްދީނެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނީ ކޮވިޑަށް ޕޮޒިޓިވްވީ ބަޔަކު އެ ތިން މިސްކިތަށް އަރާފައި ވާތީ އެ މިސްކިތްތައް ވަގުތީ ގޮތުން ބަންދުކޮށް ޑިސްއިންފެކްޓް ކުރާ ކަމަށެވެ. މިހާރު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ނިންމާ ރޭގެ ފަތިސް ނަމާދަށް ވަނީ އަލުން ހުޅުވާފަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދުކުުރުން ހުއްޓާލައި މިސްކިތްތައް ބަންދުކުރި އެވެ. މާލެ ސިޓީގެ މިސްކިތްތައް ތިން މަހެއްހާ ދުވަހަށް ބަންދުކުރި އިރު ޖަމާއަތުގައި ހުކުރު ނަމާދު ކުރަން ފަށާފައި ވަނީ ވެސް މީގެ ދެ ހަފުތާ ކުރިންނެވެ.

ކޮވިޑް-19 އިގެ ޕޮޒިޓިވް ކޭސްތައް ރާއްޖޭގައި 2966 އަށް އަރާފައިވާއިރު އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 2362 އަށް އަރާފަ އެވެ. މިހާރު ފަރުވާ ހޯދަނީ 589 މީހެކެވެ. ނަމަވެސް، މިދިޔަ ތިން ހަފުތާގައި ކޮވިޑްގެ ކޭސްތައް މާލެސިޓީގައި އިތުރުވެފައި ވެއެވެ.