ރައްޔިތުންގެ މަޖިލިސް

ކައުންސިލްތަކާއި އެލްޖީއޭ އުވާލާ ގަރާރު ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ -- ފޮޓޯ: މަޖިލީސް
0%
0%
0%

ލޯކަލް ކައުންސިލްތަކާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އުވާލަން ގޮވާލައި ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރު ބޭރުކޮށްލަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޖާބިރު ހުށަހެޅުއްވި އެ ގަރާރުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ފެށީ މިއަދު އެވެ. އެ ގަރާރުގެ ބަހުސްގައި ވެސް އެއްވެސް މެންބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރުގެ ގަރާރު ތަޅުމަށް ބަލައިނުގަނެ ބޭރުކޮށްލަން ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ. އެ ގަރާރު ތަޅުމަށް ބަލައިގަންނަން ފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

މި ގަރާރު ތަޅުމަށް ހުށަހަޅުއްވަމުން ޖާބިރު މިއަދު ވިދާޅުވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލްތަކަކީ ހަރަދު ބޮޑު، ލާމަރުކަޒީ ނިޒާމުގެ މާ ކުރީގެ އޮނިގަނޑެއް ކަމަށެވެ. އެހެންކަމުން ކައުންސިލްތައް އުވާލައި ލާމަރުކަޒީ ނިޒާމުގެ އާ އޮނިގަނޑެއް އެކުލާވަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހަށް ޖާބިރު ހުށަހަޅުއްވާފައިވާ ގަރާރުތަކާއި ކުއްލި މައްސަލަތައް ވެސް ތަޅުމަށް ބަލައިގަންނަން އެމްޑީޕީގެ މެންބަރުން ވޯޓު ނުދިނުމުން ފާސްވެފައެއް ނުވެ އެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. އެއީ 87 މެންބަރުންގެ ތެރެއިން 65 މެންބަރުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345