ހަބަރު

ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބު އުވާލަން ޖާބިރުގެ ބިލެއް

ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު -- ފޮޓޯ: މަޖިލީސް
0%
0%
0%

ގާނޫނު އަސާސީގައިވާ ލާމަރުކަޒީ ބާބު އެއްކޮށް އުވާލައި ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލެއް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވައިފި އެވެ.

ޖާބިރު ހުށަހުށަހެޅުއްވި އެ ބިލުގައިވާ ގޮތުން އެ ބިލުގެ ބޭނުމަކީ ކޮވިޑް-19 އިގެ ބަލިމަަޑުކަމުގެ ހާލަތު ދިމާވުމުން ރާއްޖޭގެ އިގްތިސޯދު ދަށްވެ، ދައުލަތުގެ މާލީ ހާލަތު ގޯސް ވެފައި ވާތީ ލާމަރުކަޒީ ބާބުގެ ދަށުން ހިނގަމުންދާ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން ގާނޫނު އަސާސީ އިސްލާހު ކުރުމެވެ.

ޖާބިރު މިފަދަ ބިލެއް ހުށަހަޅުއްވާފައިވާއިރު، ލާމަރުކަޒީ ގާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލްތަކާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އުވާލަން ވެސް އޭނާ ގަރާރެއް ހުށަހެޅުއްވި އެވެ. އަދި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ގަރާރު ބޭރު ކޮށްލަން ފާސްކޮށްފަ އެވެ.

ބެލެވޭ ގޮތުގައި ޖާބިރު ހުށަހެޅުއްވި މި ބިލު ވެސް މަޖިލީހުގެ ތަޅުމުން ބަލައިގަންނަން ފާހެއް ނުވާނެ އެވެ. ޖާބިރު މީގެ ކުރިން ހުށަހަޅުއްވާފައިވާ ގަރާރުތަކާއި މައްސަލަތައް ވެސް އެމްޑީޕީގެ މެންބަރުންގެ ވޯޓުން ބޭރުކޮށްލަން ފާސް ކޮށްފައިވެ އެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަނީ އެމްޑީޕީއަށެވެ.

ޖާބިރުގެ ގަރާރަށް ވެސް މަޖިލީހުގައި އެއްވެސް މެންބަރަކު ބަހުސެއް ނުކުރެއްވި އެވެ. އެހެން ކަމުން ޖާބިރުގެ ނުރުހުން އެމްޑީޕީގެ މެންބަރުންނަށް އަމާޒު ކުރެއްވި އެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ފެއިލް ވާނެ ކަމަށް ވެސް ވިދާޅުވެ އެ އިންތިހާބުގައި ޑީއާރުޕީގެ ޓިކެޓުގައި އޭނާ ވާދަ ކުރައްވާނެ ކަމަށް ވެސް އިއުލާން ކުރެއްވި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345