ހަބަރު

ބަރުލަމާނީ ނިޒާމު ގެންނަ އިސްލާހު އެޖެންޑާކޮށްފި

Oct 14, 2020
1
މަޖިލީހުގެ ޖަލްސާއެއްގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ
0%
0%
100%

ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ކުރަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ބިލު މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

އެ ބިލުގެ ފުރަތަމަ ކިއުން އިއްވުން މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، ޑީއާރުޕީގެ ލީޑަރުކަން ކުރައްވާ ޖާބިރު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ރާއްޖޭގައި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނިންމާފައިވީ ނަމަވެސް، ގާނޫނު އަސާސީގައި ވަކި ނިޒާމެއްގެ ވާހަކަ ސީދާ ބަޔާންކޮށްފައިނުވާ ކަމަށެވެ.

އަދި ރިޔާސީ ނިޒާމަކަށް ރައްޔިތުން ވޯޓު ދީފައިވީ ނަމަވެސް، 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުތަކަށްފަހު ވެރިކަން ހިންގަމުން އައިސްފައިވަނީ ބަރުމަލާނީ ނިޒާމެއްގެ ސިފަތަކުގެ މައްޗަށް ކަމަށްވެސް ޖާބިރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާއިރު، ގާނޫނު އަސާސީ އިސްލާހުކޮށްގެން، ނިޒާމް ބަދަލުކުރުމަކުން ރައްޔިތުންގެ ހައްގުތަކަށް އެއްވެސް އުނިކަމެއް ނައުމުގެ އިތުރުން ގާނޫނު އަސާސީ އާ ތައާރަޒުނުވާނެކަމަށް އެ ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

ނިޒާމު ބަދަލު ކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ނަމަވެސް، މިއީ އެފަދަ އިސްލާހަކާމެދު ބަހުސްކޮށް، އެމަގަށް ދާންވީ ވަގުތެއް ނޫންކަމަށް އިއްޔެގެ ޖަލްސާގައި ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން، މި ބިލު، އެމްޑީޕީގެ ތަނަވަސް އަގުލަބިއްޔަތު އޮންނަ މަޖިލީހަށް ބަލައިގަންނާނެކަމަކަށް ނުބެލެވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހހ

އޮޅުލައި ހިފުމުގައި، އިދިކޮޅު ހިފުންތެރިޔާ ބިންމަތިކުރަން ބޭނުންކުރަންބޭނުންވާއުކުޅު އޮޅުވައިލުމަށް އެކިވައްތަރުދެއްކުމަކީ އޮޅުލުމުގައި ބޭނުންކުރާ އުކުޅެކެވެ. ރައީސް ޞާލިޙްއާއި ބައްދަލުކުރެއްވުމަށްފަހު، މިއީ ދައުލަތްހިންގުމުގެނިޒާމަށް ބަދަލެއް ގެންނަފަދަ ވަގުތެއްނޫނޭ ވިދާޅުވުމަށްފަހު މިވަނީ ކިހިނެތްބާވައެވެ؟ ޖާބިރަކީ އެޑުވައިޒަރެވެ!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345