ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކައުންސިލްތަކާއި އެލްޖީއޭ އުވާލަން ގޮވާލައި ގަރާރެއް ހުށަހަޅައިފި

ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު -- ފޮޓޯ: މަޖިލީސް
0%
0%
0%

ލޯކަލް ކައުންސިލްތަކާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އުވާލަން ގޮވާލައި ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގަރާރެއް ހުށަހަޅުއްވައިފި އެވެ.

ޖާބިރު އިއްޔެ ހުށަހެޅުއްވި އެ ގަރާރުގައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ސަރުކާރުން އެޅި ބައެއް ފިޔަވަޅުތަކުގެ ސަބަބުން މުޅި އިގްތިސާދާއި ދައުލަތް ބަނގުރޫޓުވާ ހާލަތަކަށް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން މި ހާލަތުގައި ހަރަދު ކުޑަ ކުރުމުގެ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ.

ޖާބިރުގެ އެ ގަރާރުގައި ގޮވާލާފައި ވަނީ، ގާނޫނު އަސާސީގެ ލާމަޒުކަޒީ ބާބުގެ ދަށުން ހިންގަމުންދާ ކައުންސިލްތަކާއި އެލްޖީއޭ އުވާލަން ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބު އިސްލާހު ކުރުމަށެވެ. އަދި ލާމަރުކަޒީ ގާނޫނާއި ކައުންސިލް އިންތިހާބު ފަސްކުރުމުގެ ވަގުތީ ގާނޫނާއި ވަގުތީ ކައުންސިލްތައް ހިންގުމުގެ ވަގުތީ ގާނޫނު ވެސް އުވާލުމަށެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މި އަހަރު ބާއްވަން ޖެހޭ ކައުންސިލް އިންތިހާބު ވެސް ވަނީ ފަސްވެފަ އެވެ. އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ވެސް ކުރި އެވެ. އެ ކަމަށް ބޭނުންވާ ދެ ވަގުތީ ގާނޫނެއް ވެސް މަޖިލީހުން ފާސްކުރި އެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މި ގަރާރު ތަޅުމުން ބޭރުކޮށްލާނެ ކަމަށް ބެލެވެ އެވެ. މީގެ ކުރިން ޖާބިރު ހުށަހަޅުއްވާފައިވާ މުހިއްމު ގަރާރުތަކާއި ކުއްލި މައްސަލަތައް ވެސް ތަޅުމަށް ބަލައިގަންނަން އެމްޑީޕީގެ މެންބަރުން ވޯޓު ނުދިނުމުން ފާސްވެފައެއް ނުވެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބރޖ

ތިތަންތަން އުވާލާފަ ރާއްޖެތެރެއާއިބެހޭ މިނިސްޓްރީއެއްހަދައި، އެމަނިކުފާނާއި ޙަވާލުކުރަންވީ. އެމަނިކުފާނު ކޭބަލްކާރާއި ހެލިކޮޕްޓަރުދަތުރުގެ ވިއުގައަކުން މުޅިރާއްޖެ ގުޅުވައިލަދެއްވާނެ. އަވަސްކުރޭ!

އަލިފުޅު

މީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އަދި ރާއްޖޭން ބޭރުގަ އެކި ގައުމުތަކުގަ ހުޅުވާފަ ހުރި މާބޮޑުބޭނުމެއް ނުހިފޭ އެމްބަސީ ތައްވެސްބަންދު ކުރަން ޖެހޭ! ތިހެން ތިބެފަ ފައިސާ އެއް ނެތޭ ޖީއެސްޓީ 18 ޕަސެންތޭ ކިޔާފަ ސުޕަރ މެޖޮރިޓީ އޮތް މަޖިލީހުން ގާނުނެއް ފާސޮ ކުރީމާ މީރާ އަށް ކަތިވަލި ހިފައިގެން މަގުތަކަށް ނުކުމެ ރައްޔިތު މީހާގެ ކިޑްނީ ވިއްކާލަން މަޖުބޫރު ކުރުވީމާ ކަމަކުނުދާނެ އިނގޭތޯ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345