ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެޗްޕީއޭގެ ފިޔަވަޅުތަކާ ދެކޮޅު މައްސަލަ ބަލައެއް ނުގަތް

Sep 6, 2020
ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު -- ފޮޓޯ: މަޖިލީސް
0%
0%
0%

ކޮވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށާއި ވިޔަފާރިތަކަށް އިތުރު ގެއްލުންތައް ލިބެމުންދާ ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެއްޅުވި މައްސަލަ ބަލައިނުގެން ތަޅުމުން ބޭރުކޮށްލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޖާބިރު ހުށަހެޅުއްވި ކުއްލި އެ މައްސަލާގައި ވިދާޅުވެފައި ވަނީ އެޗްޕީއޭން މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ ރާއްޖޭގެ ހާލަތަށް ބެލުމެއްނެތި އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށާއި، އޭގެ ސަބަބުން އިގުތިސޯދު އާރާސްތު ކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުމުގެ އިތުރުން އާއްމުގެ ރައްޔިތުންގެ ދަރަނިތައް ވެސް އިތުރުވެފައިވާ ކަމަށެވެ.

އަދި އެ ފިޔަވަޅުތަކާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރަމުން ދިއުމަކީ ރައްޔިތުންނަށް އިތުރު ތަކުލީފުތަކެއް އުފަލަން މަޖުބޫރުވެފައިވާ ކަމެއް ކަމަށް ވެސް ފާހަގަ ކުރައްވާފައި ވެއެވެ.

އެހެންކަމުން، އެޗްޕީއޭ އިން މިހާރު އަޅާފައިވާ ފިޔަވަޅުތައް އުވާލައި، މި ބައްޔާއެކު އުޅެވޭނެ "ނޯމަލައިޒްޑް" ދިރިއުޅުމަކަށް އެކަށޭނެ ގަވައިދުތަކެއް އެކުލަވާލުމަށް އެ މައްސަލާގައި ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.

ނަމަވެސް، އެ މައްސަލައާމެދު ބަހުސް ކުރަން ފެނޭތޯ ބަލަން ނެގި ވޯޓުގައި، އެ މައްސަލަ ބަލައި ނުގަންނަން ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣލަބިއްޔަތު ލިބުމުން މައްސަލަ ބޭރުވީ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345