ވާހަކަ

ލޯބިން ބުނެލަން

(19 ޖުލައި 2020 އާ ގުޅޭ)

ތުވާލި ކިތަންމެ ބޮޑު ނަމަވެސް ހަށިގަނޑު ވަށާޖެހޭ ގޮތެއްނުވިއެވެ. ފާޚާނާ ދޮރުހުޅުވާލިއިރު އެނދުމަތީ އިން ލައިތު ކެންޒާއަށް ފެނި ވަގުތުން ދޮރުކައިރިކޮށްލެވުނެވެ. އުނުގައި އޮޅާލެވިފައިވާ ތުވާއްޔާއެކު އޭނާ އިންއިރު އިސްތަށިގަނޑުން ރަނގަޅަށް ފެން ނުހިކެއެވެ.

ކެންޒާ ނުނިކުންނަން ހުރިހެން ހީވެ، ކޮޓަރީގެ ހުރި ގޮނޑީގެ މަތީގައި އޮތް އޭނާގެ ގަމީސް ލައިތު ނެގިއެވެ. އެ ހިފައިގެން ފާޚާނާގެ ކައިރިއަށް އައިސް ހުޅުވިފައި ހުރި ދޮރުދޭތެރެއިން ލައިތު އަތްވައްދާލިއެވެ. ދޮރުފަހަތުގައި ފިލާ ހުރެ ލައިތުގެ އަތުގައި އޮތް ގަމީސް ކެންޒާ ނެގިއެވެ.

"ޕްލީޒް!. ދެން ނުކުމެބާ." ކެންޒާ ނުނިކުމެ ގިނައިރުވެގެން ލައިތު ބުންޏެވެ. އޭނާ ހުރީ ފާޚާނާ ދޮރުކައިރީ ފާރުގައި ލެނގިލައިގެންނެވެ.

"ނުކެރޭނެ." ކެންޒާ ބުންޏެވެ. އެއާއެކު ލައިތު ފާރުގައި ހުރި ސުވިޗު ބޯޑުގައި އިނގިލި ހިންގާލިއެވެ. އެހިނދު ކޮޓަރީގައިވި އަލިކަން ފަނޑުވެލައިފިއެވެ. ދެން އައިސް ކުޑަދޮރުގެ ކައިރީ ހުއްޓިލިއެވެ. އެ ފުޅާ ކުޑަދޮރުގައިވާ ތިންފަރުދާގެ ތެރެއިން ހައްޔަރުކުރެވިފައި ހުރި ބޭރު ފަރުދާގެ ވާފަށަށް ދަމާލިއެވެ. އެއާއެކު އެ ބޯ ފަރުދާ ނިއުޅުވި ކޮޓަރިތެރެއަށް އަނދިރިކަން ވެރިވެއްޖެއެވެ.

"ކެން... ލެޓް މީ ސީ ޔޫ..." ފާޚާނާ ދޮރާ ކައިރިވެލުމާއެކު ލައިތު ބުންޏެވެ. ކެންޒާ މަޑުމަޑުން ދޮރާ ދިމާއަށް އެނބުރިލިއެވެ. ހުޅުވިފައި ހުރި ދިމާއިން އޭނާ ބޯނެރި ބަލާލިއެވެ. ކޮޓަރިތެރޭގެ އަލި ފަނޑުވެފައިވާކަން ފާހަގަވީ ދެނެވެ. ކުރިމަތީ ހުރި ލައިތުގެ މޫނަށް ބަލާލަން ވާއިރަށް އޭނާ ކެންޒާގެ އަތުގައި ހިފައިފިއެވެ. ފާޚާނާއިން ކެންޒާ ނެރުމަށް އޭނާގެ އަތުގައި ހިފާ ލައިތު ދަމާލަމުން އަނެއް އަތުން ފާޚާނާގެ ދޮރުގައި ވިއްދާ މަޑުމަޑުން ކޮށްޕާލީ ދޮރުފަތް ބޮޑަށް ހުޅުވާލުމަށެވެ. ކޮޓަރިތެރޭގައި ހަރުލާފައި ހުރި ފިނިކަން ކެންޒާއަށް އިޙްސާސް ކުރެވުނީ ދެނެވެ.

ގަމީސް ދިގުވިޔަސް އެއިން ނިވާވަނީ ހަމައެކަނި ކެންޒާގެ ކަކުލާ ހަމައަށެވެ. ލައިތު ހުރީ ހަމައެކަނި އޭނާގެ އަތުގައި ހިފާލައިގެން ކަމުގައި ވިޔަސް އެ ދެލޮލުން އެ ހަށިގަނޑުގައި ބީހެމުންދާ ފަދައެވެ. އެ ބެލުމުގައިވީ އެފަދަ އަސަރެކެވެ. ފާޚާނާގެ ދޮރުލެއްޕުނު އަޑު ކެންޒާއަށް އިވުނެވެ. އެ ދޮރު ލައިތު ލައްޕާލީ ކިހިނެއްކަމެއް ވެސް ކެންޒާއަކަށް ނޭނގުނެވެ. އޭނާ ހުރީ ފާރުގައި ހަރުކޮށްފައި ހުރި ކުރެހުމެއް ފަދައިންނެވެ. ދިމާއަކަށް ޖެހިލުމުގެ މިނިވަންކަން ގެއްލިފައެވެ. ކެންޒާގެ ކަނާއަތް ފަރާތު އުނަގަނޑާ ދިމާއިން ލައިތުގެ ވައަތް ހުރީ ފާރުގައި ޖައްސައިގެންނެވެ. އޭނާގެ ކަނާއަތްތިލަ ހުރީ ކެންޒާގެ ވައަތްފަރާތުން ކޮނޑުމަތިން ފާރުގައި ވިއްދާލެވިފައެވެ. ފިޔަވަޅެއް ކުރިއަށް ނޭޅިޔަސް ފަހަރަކަށްވުރެ ފަހަރެއް ލައިތު އައީ ކެންޒާއާ ގާތްވަމުންނެވެ. ނޭވާ އިޙްސާސްވާހާ ގާތަށް އާދެވުނު ހިނދު ލައިތު މަޑުކޮށްލިއެވެ. އޭނާގެ ނޭފަތުގެ ކޮޅުން ކެންޒާގެ ނޭފަތުކޮޅާ ކުޅެލިއެވެ. ލައިތު ފުރަތަމަ ބޮސްދިނީ ކެންޒާގެ ނޭފަތަށެވެ. މަޑުމަޑުން އެ މޫނުގެ ހުރިހާދިމާއަކުން ލައިތުގެ ކުދިކުދި ބޮސްދިނުންތައް އިޙްސާސް ކުރެވެންފެށިއެވެ. އޭރު އޭނާގެ ދެއަތުގެތެރޭ ކެންޒާ ވަނީ ރަނގަޅަށް ހައްޔަރުވެފައެވެ.

"ލައިތް..." ކެންޒާގެ ހަށިގަނޑުގައި ލައިތު ބީހިލުމާއެކު ގޮވާލިއެވެ.

"އަހަންނަށް ކެން އިތުބާރުކުރަންތަ؟." ލައިތުގެ އަތުގައި ކެންޒާ ހިފެހެއްޓުމުން އޭނާ އަހާލިއެވެ. ކެންޒާ ނިކަންއަވަހަށް ބޯޖަހާލިއެވެ.

"ދެން ޑޯންޓް ސޮޓޮޕް މީ." ލައިތު ބުނެލިއެވެ. ޖެހިލުންވެފައި ހުރެ ވެސް ލައިތުގެ އަތުން ކެންޒާ ދޫކޮށްލިއެވެ.

ކޮޓަރީގައި ހުރި ފުޅާ އެނދާހަމައަށް ކެންޒާއަށް އާދެވުނު އިރުވެސް ކެންޒާއަށް ނޭނގެއެވެ. ލައިތުގެ ހަރަކާތްތަކަށް މަޑުޖެހުމެއްނާދެއެވެ. އޭނާގެ ޢަމަލުތަކުން ކެންޒާގެ ނަފްސުގެ ހިފެހެއްޓެން ގެއްލެމުންދިޔައީ އިޚްތިޔާރަކާނުލައެވެ. އެނދުގައި ބޭންދުމާއެކު ލައިތުގެ ނަޒަރު ކެންޒާއަށް ހުއްޓިފައި ވިއެވެ. ހުޅުވިފައިވި ގަމީހުގެ ގޮއްފަތީގައި ކެންޒާ ހިފާލައި ކައިރިކޮށްލިއެވެ. ކެންޒާއާއެކު އެނދުގައި އޮށޯވެލި ލައިތުގެ ފުށުން ފެންނަން ފެށީ މީގެ ކުރިން ދުވަހަކުވެސް ކެންޒާ އިޙްސާސްކޮށްފައިނުވާ ފަދަ ކަންކަމެވެ. ބައެއްފަހަރު އަވަސްވެފައިވާ ނޭވާ ހިނދެން އުޅޭހެން ކެންޒާއަށް ހީވެއެވެ. އަނެއްބައި ފަހަރު ހީލިއަރައިގެން ލައިތު ދުރުކޮށްލައެވެ. ދުލުން ބަޔާންކުރާނޭ ގޮތެއް ނޭނގި ކެންޒާއަށް ދެ ލޯ މަރާ ބާރުކޮށްލެވުނެވެ. އަޑެއްނުލައްވަން ތުންފަތުގައި ދަތްއަޅައިގެން އޮތް ނަމަވެސް އެކަންވީ ބޭކާރެވެ. އޭނާއަށް ވީގޮތެއް ޚުދު އޭނާއަށް ވެސް ނޭނގޭ ކަހަލައެވެ. ނޭވާ ފުންވެ މީހާ އަނބުރައިގަންނަން އުޅުނުހެން ހީވިއެވެ. ހަށިގަނޑަށް އެރި ވަރުގަނޑު މައިތިރިވީއިރު ދުވަހަކުވެސް ކުރެވިފައިނުވާ ފަދަ ހަށިހިމޭންކަމެއް ކެންޒާއަށް އިޙްސާސް ކުރެވުނެވެ. އެހެންވިޔަސް ކެންޒާއާ ތޮޅެމުން ދިޔަ ލައިތު އެއްވެސް ކަމެއް ހުއްޓާލުމުގެ ގަސްދެއް ނެތްކަން އެނގެއެވެ. އެ ދެލޮލާއި މޫނުގައިވި އަސަރާއި އެ ހަށިގަނޑުގެ ކޮންމެ ހަރަކާތެއް އެކަމަށް ހެކިވެއެވެ.

"ޓަޗް މީ..." ކެންޒާގެ ބީހުން އިޙްސާސްވާން ލައިތު އެދުނެވެ. ނޭނގުމުގެ ތެރޭގައިވި ކެންޒާގެ ކަނާއަތްތިލަ ގެނެސް އޭނާގެ މޭގައި ޖެއްސުވިއެވެ. އަދި ކެންޒާގެ ކަންފަތް ދޮށުގައި ލައިތު ބޭނުންވާކަންތައް ހާމަކުރިއެވެ.

"ވެއިޓް... ލައިތު... ވައިޓް ޕްލީޒް..." ލައިތުގެ ކަނދުރާގައި އަޅުވާލި ދެއަތުން ކެންޒާ އޭނާ ހިފެހެއްޓިއެވެ.

"ޔޫ އާ ރެޑީ..."ލައިތު ބުންޏެވެ.

"ނޯ... ވެއިޓް..." ކެންޒާ ކުއްލިއަކަށް ކަންބޮޑުވިކަން ލައިތަށް ފާހަގަވިއެވެ.

ކެންޒާގެ ހަރަކާތްތަކާމެދު ލައިތުއަށް ވިސްނާލެވުނެވެ. އެއްވެސް ވަރަކަށް ކެންޒާ އިސްނުނަގާކަން ފާހަގަވީއިރު އެއީ ކީއްވެކަން ކޮންމެވެސް ވަރަކަށް ލައިތަށް ނަގައިގަނެވިއްޖެއެވެ. ކަންކަމަށް ކެންޒާ އާކަން ލައިތަށް އެނގުމުން އޭނާ ކެންޒާއަށް ބަލާލީ ފަރުވާތެރިކަމާއެކުއެވެ.

"ކެން!... މީ ފުރަތަމަ ފަހަރުތަ؟." ކެންޒާއާ ނަޒަރު ސީދާކޮށްލައިގެން އޮވެ ލައިތު އެއްސެވެ. ކެންޒާ ހާސްވިއެވެ. އޭނާއަށް ހިންދިރުވާލެވުނެވެ. ކަމެއް ގޯސްވީއޭ ކެންޒާއަށް ހީކުރެވުނެވެ. ކެންޒާ ޖަވާބު ދޭނޭ ގޮތަކާމެދު ވިސްނަނިކޮށް ލައިތު އަނެއްކާ ވެސް ގޮވާލިއެވެ. އެއާއެކު ލައިތަށް ބަލަން ނުބަލަން އުޅޭ ފަދައިން ކެންޒާ ބޯޖަހާލީ އާނއެކޭ ބުނަން ދޫ ހަރަކާތް ނުކުރީމައެވެ.

"ފަ*... ވަޓް ދި... އާ ޔޫ އަ ވާޖިން..." ލައިތު ކުއްލިއަކަށް ކެންޒާއާ ދުރަށް ޖެހުނެވެ. މިފަހަރު ވެސް ކެންޒާއަށް ކުރެވުނުހާ ކަމަކީ ހާސްވެގެން ބޯޖަހާލުމެވެ.

"ބަޓް ޔޫ ވާ މާކްޑް..." ގަސްދަކާނުލާ ލައިތަށް ބުނެވުނެވެ. ކެންޒާއަށް އެކަން ހިނގިގޮތް ކިޔައިދޭނެ ގޮތެއް ނުވިސްނުނެވެ. ޚާއްޞަކޮށް މިވަގުތު ލައިތު ހިތްހަމަނުޖެހިފައި ހުރިހެން ހީވާތީއެވެ.

އުނުން ވަކިވެ އެނދުމައްޗަށް ދޫވެފައި އޮތް ތުވާލު ނިކަން އަވަހަށް ލައިތު ނެގިއެވެ. ފާޑަކަށް އެ އޮޅާލައިގެން އޭނާ ހަލުވިކޮށް ގޮސް ވަނީ ފާޚާނާއަށެވެ. ކެންޒާ އެނދުން ތެދުވެ ލައިތު ދިޔަދިމާއަށް ބަލަން އިނީ މިވީ ކިހިނެއްކަން ނޭނގިގެންނެވެ. ހިމޭންކަމުގައި ވަގުތުކޮޅެއް ހޭދަވެގެންދިޔައެވެ. ފާޚާނާއިން ލައިތު ނުކުމެ އެނދުގައި އިން ކެންޒާއަށް ބަލަން އިރުކޮޅު ހުއްޓެވެ. ދެން އައިސް ކެންޒާގެ ގާތުގައި އެނދުގެ އަރިމަތީ އިށީނދެއްޖެއެވެ.

"އައި އޭމް ސޮރީ ބޭބީ. އައި ފްރީކްޑް އައުޓް... އަހަރެން ހިޔެއްނުކުރަން ކެންގެ ފަސްޓް ޓައިމްކަމެއް. އަހަރެން ހިފެހެއްޓިކަން ރަނގަޅު. އާ ޔޫ ހާޓް." ކެންޒާގެ ވައަތްތިލަ ނަގައި ލައިތުގެ އިނގިލިތަކާ މަހާލައިގެން އިނދެ އޭނާ ވާހަކަދެއްކިއެވެ. ކެންޒާ އޭނާ ނުހިފެއްޓިނަމަ، ކެންޒާގެ އެހަޤީޤަތް ނަގައިގަންނާނޭ ފުރުޞަތެއް ލައިތަށް ނުލިބުނީހެވެ. އެހެންވެއްޖެނަމަ ކެންޒާއަށް އަނިޔާއެއް ދެވުނަސް އޭނާއަށް އެކަމެއް ނޭނގޭނެއެވެ. ސަމާލުވާކަށް ވެސް ނޭނގުނީހެވެ.

"އެހެންވީމަ ހިތްހަމަނުޖެހުނީތަ؟." ކެންޒާއަށް އަހާލެވުނެވެ.

"ނޯ ބޭބީ... ނޯ ވޭ... ތެދަށްބުނަންޏާ އަހަރެން ބިރުގަތީ. އައި ވޯޒް ރިއަލީ ރަފް. ގަސްދަކާނުލާ ވިޔަސް ކެންއަށް އަނިޔާއެއް އަހަރެން ނުކުރާނަން. ޑޯންޓް ވޮރީ... އެކްޗުއަލީ... މިހާރު މީނީ އުފާވެފަ. ވަރަށް ބޮޑަށް..." ލައިތު ހީނލިއެވެ. ބޯއަރިކޮށްލާ ކެންޒާގެ ކޯތާފަތުގައި ބޮސްދިނެވެ.

"ކީއްވެ؟..." އެ ސުވާލުގެ ޖަވާބު ހޯދުމަށް ކެންޒާގެ ލޯ އަމާޒުވެލީ ލައިތުގެ ލޮލާއެވެ.

"ފަހުން ބުނާނަން." ހިނިތުންވެލައިގެން އިނދެ ލައިތު އެއްލޯ މަރާލިއެވެ. އޭނާ ހިތާހިތުން ކެންޒާގެ މައުސޫމްކަމާމެދު ނުހަނު އުފާކުރިއެވެ. އެގޮތުގައި އެ އަންހެންކުއްޖާ އަބަދުވެސް ހުރުމަށް އެދެވުނެވެ.

"މިހެން އިންނަން ވަރަށް އުނދަގޫ... އަހަރެން އެއްޗެހިލަންތަ؟." އެއްއަތުން ގަމީހުގެ މޭމައްޗާ ދިމާގައި ހިފަހައްޓާލައިގެން އިނދެ ކެންޒާ ބުނެލިއެވެ. ލައިތު ބޯޖަހާލިއެވެ.

"ރެމެމްބަރ، ޖަސްޓް ނައު، އައި ލަވްޑް އެވްރި ޕާޓް އޮފް ޔޫ. އިޓް ވޯޒް ޔޫ ހޫ މޭކް މީ ގޯ ވައިލްޑް. ނެވާ ފޮގެޓް ދެޓް. ދި ބީސްޓް އިންސައިޑް މީ އިޒް ޓޫ އެކްސައިޓެޑް އާފްޓާ ސްމެލިން އެންޑް ޓޭސްޓިން ޔޫ، އައި ވިލް އޯލްވޭޒް ނީޑް މައި ޕެންޑާ، ނޯ އަދާ ވޮމެން... އޮންލީ ޔޫ." ކެންޒާ ތެދުވުމުން ކުއްލިއަކަށް އޭނާގެ ގައިގާ ބައްދާލި ލައިތު މަޑުމަޑުން ކަންފަތް ދޮށުގައި ބުނެލިއެވެ. ރަކި ހިނިތުންވުމެއް ކެންޒާގެ ތުންފަތަށް ވެރިވިއެވެ.

"ތެންކިއު..." ކެންޒާ ބުނެލިއެވެ. ލައިތަށް ހައިރާންކަން ލިބުނެވެ. ކެންޒާ ބުނީ އޭނާ ބުނާނޭކަމަށް ލައިތު ލަފާކުރި ގޮތަކަށްނޫނެވެ. ކެންޒާއާ ދުރަށް ޖެހިލައި އެ މޫނަށް ލައިތު ބަލާލިއެވެ. ގިނަ ވާހަކަތަކެއް ކެންޒާ ނުދެއްކި ނަމަވެސް އެ އަންހެންކުއްޖާ ހުރީ ވަރަށް ލަދުންކަން ނަގައިގަންނަން ލައިތަށް އުނދަގުލެއްނުވިއެވެ. އެލަދުވެތިކަން ފެނި ލައިތުގެ ހިތުގައި ލޯބި އިތުރުވި ކަހަލައެވެ.

"އަހަރެން ބޭރުގަ މީނީ... ރެޑީވެގެން އާދޭ އިނގޭ. ޓޭކް ޔޯ ޓައިމް." ލައިތު ބުންޏެވެ. އޭނާ ކޮޓަރިން ނުކުންނަމުން ބޮކީގެ އަލި ގަދަކޮށްލަދިނެވެ.

* * * * *

ކޮޓަރިން ސަރަފީނާ ނުކުންނާނޭ އިރެއްގެ އިންތިޒާރުގައި ޔާދިން ހުއްޓެވެ. އޭނާއަށް މަންމަ ނިކުންތަން ފެނުމުން ސޯފާއިން ތެދުވިއެވެ. މަންމައަށް ގޮވާލައި ކައިރިއަށް ގެނައެވެ. ޔާދިންއަށް ވަރަށް ބޮޑުކަމެއް ކޮށްދޭން ވެއްޖެކަން ސަރަފީނާ ގާތުން އެދުނެވެ. އެގެއާ ޖެހިގެން ހުރި އިމާރާތަކީ ސަރަފީނާގެ ނަންމަތީ އޮތް ތަނަކަށްވާއިރު އެތަނުގެ ފަންގިފިލާތައް ހުންނަނީ ކުއްޔަށް ދީފައިކަން ޔާދިންއަށް އެނގެއެވެ. އެތަނުގައި ތޭރަވަނަ ފަންގިފިލާ ހުހަށް ހުންނަކަން ޔާދިންއަށް އެނގިފައި އޮތުމުން އެކަން އޭނާ ފާހަގަކުރިއެވެ. ގާތް ރަޙުމަތްތެރިއަކު ތަނެއް ބޭނުންވެގެން އުޅޭތީވެ އެބައިގައި ހުރި ތިން އެޕާޓްމެންޓުން އެއްތަން ޔާދިންއަށް ދިނުމަށް އޭނާ އެދުނެވެ. ކާކުތޯ ސަރަފީނާ އެހުމުން ޔާދިން ދޮގުހެދީއެވެ. ފިޒާނާއަކީ އެ ޢާއިލާއަށް އާ މޫނެއްނޫންވީމައެވެ. އޭނާ އެ އެޕާޓްމެންޓް ނަގަނީ ފިޒާނާއަށްކަން މީހަކަށް އެނގެން ބޭނުންނުވަނީއެވެ.

"ދަރިފުޅަށް އިތުބާރުކުރެވޭ ރައްޓެއްސެއްތަ؟." ސަރަފީނާ އަހާލިއެވެ.

"ލައްބަ. ބަރާބަރަށް ރެންޓު އެކައުންޓަށް ޖަމާވާނެ." ޔާދިން ޔަގީންކަން ދިނެވެ.

"ދަރިފުޅުގެ ތިހާ ރަޙުމަތްތެރިއެއްވެއްޖެއްޔާ މިހާރު އެހުރި އަގަށްވުރެ ކުލި ކުޑަކޮށްލިޔަސް އެންމެ ރަނގަޅު. ބައްޕައަށް ވެސް އަންގާލާތި." ސަރަފީނާ ބުންޏެވެ.

"މަންމަ ބުނަންވީނު ޑޭޑް ގާތު." އަސަދުގެ ކުރިމަތީ ދޮގު ހަދަނިކޮށް ފަޅާއަރާފާނޭ ކަމަކަށް ޔާދިން ޖެހިލުންވީއެވެ. މަންމައަށްވުރެ ބައްޕަގެ ސުވާލުތައް ގިނަވާނެއެވެ. ފިޒާނާއާ ގުޅުމެއް އޮތުމަކީ ބައްޕަ ރުހޭނެކަމަކަށް ނުވާނޭކަން ޔާދިންއަށް އެނގޭތީއެވެ.

* * * * *

ހުޅަނގުން އިރަށް ދުއްވަމުން އައި ކަޅުބިއްލޫރި ޖެހިކާރު އުތުރަށް ލަބާލިއެވެ. ކަންމަތީގައި ހުރި ގެއާ ކުރިމަތިވާނޭހެން ކާރު މަޑުކޮށްލިތާ އިރުކޮޅެއް ފަހުން ކާރުގެ ކުރީ ސީޓުގެ ދޮރުފަތް ހުޅުވާލައި ފޭބީ ކެންޒާއެވެ. ކާރުގެ ދޮރުފަތް ލައްޕާނުލައި ހިފަހައްޓާލައިގެން އެއްފައިމައްޗަށް ބުރަވެ ކެންޒާ ހުރީ ނިކަން ބޮޑަށް ހިނިތުންވެލައިގެންނެވެ. ލަދުން އުޅޭ ފަދައަކުން އޭނާ ދެފަހަރަކު އިސްޖަހާލާފައި އުސްއުފުލާލިއެވެ. އަތްހޫރާލާފައި އޭނާ ދޮރުފަތް ލައްޕާލައި ހަލުވިކޮށް އައިސް ގޭގެ ދޮރޯށި ހުޅުވާލައި އެތެރެއަށް ވަދެގެން ދިޔައެވެ. ފަހަތަށް ޖަހާލި ކާރު އިރަށް ދުއްވާލީއެވެ. އެ ހުރިހާ މަންޒަރެއް ބަލަން ދުރުގައި މިފްރާހު ހުއްޓެވެ. ތުނބުން ސިނގިރޭޓު ނައްޓާލުމާއެކު ޖެހިގެން ހުރި ސައިކަލުމަތީ އިން ވިޔާމަށް މިފްރާހު ބަލާލިއެވެ.

"މިކަމެއް ހިނގާވާހަކައެއް ނުބުނަމެންނު." މިފްރާހުގެ ތަބީޢަތް ގޯސްވި ކަހަލައެވެ.

"ތިންކާރެއް އާދޭ. އެތަނުން އެއްކާރު އެއީ. މިރޭ ނޫނީ އޭނާ އެގޮތަށް މަޑެއްނުކުރޭ... ރަޙުމަތްތެރިއާއާއެކު ކަމަށް ވެދާނެއެއްނު އެއައީ." ވިޔާމަށް ކަމެއް ފާހަގި ކަންތައް މިފްރާހަށް ވެސް ފާހަގަވީ ކަމަށް ވެދާނެއެވެ. އެހެންވިޔަސް ވިޔާމް ބެލީ ފެނުނު ކަންކަން ނުފެންނަ ކަމަކަށް ހަދައިގެން މިފްރާހު ރުޅިގަދަވިޔަ ނުދިނުމަށެވެ.

"އެ ކާރުގައި އިނީ އަންހެނެއްނޫން." ދެބުމަގޮށްޖެހިފައިވީއިރު މިފްރާހުގެ އަޑުގައިވީ ނުރުހުމެވެ. އޭނާގެ ލޮލަށް ކެންޒާގެ ކޮންމެ ހަރަކާތެއް ފެނުނީ ލަސްކޮށްލެވިފައިވާ ފިލްމެއްގެ މަންޒަރުތައް ހެންނެވެ. ކެންޒާގެ ތުންފަތުގައި ފަނޑުނުވެވީ ހިނިތުންވުމާއި އޭނާ ބޯއަރިކޮށް ހީނލާގޮތާއި، އިސްޖަހާލައި ލަދުގެންފައި ހުރިހެން ތިރީތުންފަތުގައި ދަތްއަޅާލައި ލަސްލަހުން އެސްފިޔަޖާހާލައި އަލުން އެ ނަޒަރު އެމީހަކާ ސީދާކުރީއެވެ. އެއިން ކޮންމެ ހަރަކާތަކުން މިފްރާހުގެ ބުއްދި ގޯސްވާވަރުވެއްޖެއެވެ. އެ އަންހެންކުއްޖާއަށް ބަދަލުތަކެއް އަތުވެއްޖެކަން މިފްރާހަށް ޔަގީންވެއްޖެއެވެ. ކިތަންމެ ޖެހިލުންކުޑަވިޔަސް މިފްރާހު ބިރުގަތް ހަމައެކަނި ކަމަކީ ކެންޒާގެ މައުސޫމްކަން ގެއްލުމެވެ. އޭނާގެ ހައްޤަކަށް އެހެން މީހަކު އަތްފޯރުކުރުމެވެ.

"އަހަންނަށް ފޮނުވި ފޮޓޯގައި ހުރި ފިރިހެން ގޮލައަކީ ކާކުކަން އެނގިއްޖެއްތަ؟." މިފްރާހު އަހާލިއެވެ.

"އެއީ އާދައިގެ މީހެއްނޫން." ވިޔާމް ބުނެލިއެވެ.

"އޭނާ އާދައިގެ ތޯ ބަލާކަށްނޫނެއްނު އަހަރެން ބުނީ." ހަރުކަށިކަމާއެކު މިފްރާހު ބުނެލިއެވެ.

"ސޮރީ... ޔާދިން ކިޔަނީ... ޔާދިން ރޫމާން އަސަދު." ވިޔާމް ބުންޏެވެ.

މިފްރާހުގެ ފޯނުން އޭނާ ފޮޓޯ ހުޅުވާލިއެވެ. ކެންޒާގެ އަތުގައި ހިފާލައިގެން އެގޭ ދޮރޯށި ދޮށުގައި ދެ ޒުވާނުން ތިބިއިރު، ދެމީހުންގެ މޫނުން ވެސް ފާޅުވަނީ ހިނިތުންވުމެވެ. އެކަކުއަނެކަކު ވަރަށް ރަނގަޅަށް އެނގޭކަން ދެމީހުން ތިބިގޮތުން ދޭހަވެއެވެ. ކުރިއަށްވުރެ ފޫހިކަން މިފްރާހުގެ މޫނުން ފާޅުވެލިއެވެ.

"އެއީ އެކާރު..." ފޮޓޯއަށް ބަލަން އިނދެ މިފްރާހު ބުނެލިއެވެ.

"ކިތައް ރޭ އެކާރުގައި އޭނާ ލަހުން ގެއައީ؟" މިފްރާހުގެ ފޯނު ވިޔާމަށް ދިއްކޮށްލައިގެން ހުރެ ސުވާލުކުރިއެވެ. ޔަގީންކަމާއެކު ބުނަން ވިޔާމަށް ދަތިވިއެވެ. އޭނާއަށް އެކަން އެހާ ސީރިއަސް ކަމަކަށް ވެދާނޭ ހީކުރެވިފަ ނެތީއެވެ. ފަހަކަށް އައިސް ކޮންމެ ރެއަކު ވެސް އެ އަންހެންކުއްޖާ ގެއަށް އަންނަނީ ކާރުގައިކަން ބުނަން ވިޔާމަށް އެނގެއެވެ. އެކަމަކު ކާރުގައި އިންނަނީ ކާކުތޯ ބެލުމަކީ އޭނާގެ ޒިންމާއެއް ކަމުގައި ވިސްނިފައެއްނެތެވެ. އެކަމަކަށް މިފްރާހު ބާރުއަޅުގައި އިރުޝާދު ދީފައެއް ވެސް ނެތެވެ.

(ނުނިމޭ)