ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އޮކްސްފަޑް ވެކްސިންގެ ޓްރަޔަލް އިންޑިއާގައި ވެސް ފަށަނީ

Jul 21, 2020

ނިއު ދިއްލީ (ޖުލައި 21) - ކޮވިޑް-19 އާ ދެކޮޅަށް އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން އުފެއްދި ވެކްސިންގެ ޓްރަޔަލްތައް އިންޑިއާގައި ފަށަން ހަމަޖެހިފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އޮކްސްފޯޑް ޔުނިވަސިޓީން އުފެއްދި ވެކްސިން އިންސާނުންނަށް ރައްކާތެރި ކަމަށާއި، އެ ބަލިން ހަށިގަނޑު ރައްކާތެރިކުރުމަށް އިމިޔުނިޓީ ރެސްޕޮންސެއް ލިބިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެއާއެކު އޮކްސްފޯޑް ޔުނިވަސިޓީ އާ ގުޅިގެން އިންޑިއާގެ ކަމާގުޅޭ ސައިންސްވެރިން ދަނީ އެ ވެކްސިން އިންޑިއާގައިވެސް ޓެސްޓުކުރުމަށް ބޭނުންވާ ލައިސެންސް ހޯދުމުގެ މަސައްކަތް ކުރަމުންކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

އަދި އެ ވެކްސިން އުފެއްދުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް އިތުރަށް ބުނެފައިވެ އެވެ.

އިންސާނުންނަށް ވެކްސިން ދީގެން ކުރިޔަށް ގެންދާ ޓްރައަލްތައް 1،077 މީހުންނަށް ވެކްސިން ދިނުމާއެކު އޮކްސްފޯޑުން ފަށާފައިވަނީ މިދިޔަ އޭޕްރިލް މަހު އެވެ.

އެ ހުރިހާ އެންމެން ހަށިގަނޑުގައި ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމުގެ އެންޓިބޮޑީސް އާއި ޓީ-ސެލްސް އުފުދެނުކަމަށް ވަނީ ބުނެފަ އެވެ. އެ ވަރުން ކޮވިޑް-19 އިން ފުރިހަމައަށް ރައްކާތެރިވާނެކަމަށް ބުނަން އަދި މާ އަވަސް ކަމަށް އެ ޔުނިވާސިޓީން ވަނީ ބުނެފަ އެވެ.

އޮކްސްފޯޑް ޔުނިވަސިޓީން އުފެއްދި ވެކްސިން އިންސާނުންނަށް ރައްކާތެރިކަމަށް ދެއްކި ނަމަވެސް، 70 ޕަސަންޓް މީހުންގެ ކިބައިން ހުން އައުމާއި ބޮލުގައި ރިއްސުން ފަދަ ސައިޑް އިފެކްޓްސް ވަނީ ފެނިފަ އެވެ. އެކަންކަމުން ޕެރެސެޓަމޯލް ދީގެން އަރައިގަނެވޭނެކަމަށް ވެކްސިން އުފެއްދު ޓީމުން ވަނީ ބުނެފަ އެވެ.