ހަބަރު

12 ފުޅި ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފި

Jul 22, 2020
2
މީގެ ކުރިން ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް ބަނގުރާ ފުޅިތައް. -- ފޮޓޯ: ޕޮލިސް
0%
0%
0%

ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއަކުން، ހުޅުމާލެއަށް ބަނގުރާ ގެނައި މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ފަޅުގައި އަޅާފައިވާ ސަފާރީއަކުން ހުޅުމާލެއަށް ބަނގުރާ ގެންނަ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 12 ފުޅި ބަނގުރަލާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި ބަނގުރާ ފެނިފައިވަނީ މަގުމަތިން ދިޔަ ކާރެއް ހުއްޓުވައި، ބަލާ ފާސްކުރި އިރު އޭގެ ޑިކީ ތެރެއިންނެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ދިވެހި ދެ ފިރިހެނުންނެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ވޯދޭ

އައްނި ރޯނެ

ޙައްވާކޮއެ

ކީޕް އަޕް ދަ ގުޑް ވޯކް ފުލުހުން 👍

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345