ހަބަރު

23 ފިހާރައަކާ 14 ކެފޭ ޖޫރިމަނާކޮށްފި

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުންތަކާއި ހިލާފަށް މަނާގަޑީގައި ވިޔަފާރިކޮށްގެން 23 ތަނެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 9:00 ފެށިގެން ރޭގަނޑު 10:00 ގެ ނިޔަލަށެވެ. އަދި ޑެލިވަރީގެ ހިދުމަތް ރޭގަނޑު 11:00 ޖަހަންދެން ދެވެއެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޝަރީފް އެޗްޕީއޭގެ އެންގުމާއި ހިލާފަށް މަނާ ގަޑީގައި ވިޔަފާރި ކޮށްގެން 101 ވިޔަފާރިއަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ. އަދި 23 ތަނެއް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މަނާ ގަޑީގައި ހިދުމަތް ދިނުމުގެ ސަބަބުން ކާބޯތަކެތީގެ ހިދުމަތްދޭ 14 ތަނެއް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. 110 ތަނަކަށް ވަނީ ނަސޭހަތް ދީފައެވެ.