އަސަދު މިހެން ވިދާޅުވީ އީރާނުގެ ޓީވީ ސްޓޭޝަނަކަށް ދެއްވި އިންޓަވިއު އެއްގަ އެވެ.
ވެރިކަން ދިފާއު ކުރެއްވުމަށް އަސަދު ގެންދަވަނީ ބޭރުގެ ފަރާތްތަކުގެ އެހީ ހޯއްދަވަމުންނެވެ. އަސަދަށް އެހީވާ ގައުމުތަކުގެ ތެރެއިން އެންމެ ފާހަގަ ކުރެވެނީ ގަދަފަދަ ރަޝިޔާ އެވެ.
އަސަދާއި އިދިކޮޅު ބޭރުގެ ފަރާތްތަކުން ބުނަނީ ސީރިޔާގެ ހަތަރު އަހަރު ވީ ދާހިލީ ހަނގުރާމަ އަށް ސިޔާސީ ހައްލެއް ހޯދޭނީ އަސަދު އިސްތިއުފާ ދެއްވައިގެން ކަމަށެވެ.
އެކަމަކު އިންތިގާލީ މަރުހަލާގައި އަސަދު ވެރިކަމުގައި ދެމިހުރުން ރަނގަޅު ކަމަށް ޔޫރަޕްގެ ބައެއް ގައުމުތަކުން މިހާރު ދަނީ ބުނަމުންނެވެ. އޭގެ ތެރޭގައި ޖަރުމަން ހިމެނެ އެވެ.