ހަބަރު

ދިވެހި މިއުޒީޝަނުންގެ ޖަމިއްޔާއެއް އުފައްދައިފި

"މިއުޒީޝަންސް އޮފް މޯލްޑިވްސް" ގެ ނަމުގައި ޖަމްއިއްޔާއެއް އުފައްދައިފި އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ދިވެހި މިއުޒީޝަނުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ އެ ދާއިރާގެ ފަންނާނުންގެ ކަންކަން ބެލުމަށް އެކުލަވައިލިި އެ ޖަމިއްޔާ މިހާރު ރެޖިސްޓްރީ ކޮށްފައި ވާނެ ކަމަށެވެ،

އަދި ވިދާޅުވީ އެ ޖަމިއްޔާ އަކީ ރާއްޖޭގެ މިއޒިކް ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންގެ ހައްގުތަކުގައި މަސައްކަތް ކުރަން އެޅި މުހިންމު ފިޔަވަޅެއް ކަމަށާއި އެ ޖަމިއްޔާ އާއި ގުޅިގެން މިއުޒީޝަނުންގެ ކަންކަމާއި އެމީހުންގެ ޝަކުވާތައް ކުރިއަށް އޮތް ތަނުގައި ގާތުން ބަލައި އެމީހުންގެ ހައްގުގައި މަސައްކަތް ކޮށްދޭނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެއަށް ދިމާވެފައިވާ ދަތިކަން މިއުޒީޝަނުންނަށް ވެސް ވަނީ ދިމާވެފަ އެވެ. ގިނަ ދިވެހި މިއުޒީޝަނުންނަކީ ރިސޯޓުތަކުގައި ޕާފޯމް ކޮށްގެން އާމްދަނީ ހޯދާ ބަޔަކަށްވާއިރު ކޮވިޑް-19 އާއި ގުޅިގެން ރިސޯޓުތައް ބަންދު ކުރުމުން އެ ފަރާތްތަކުގެ އާމްދަނީ ހުއްޓުނެވެ.