މިނިސްޓްރީ އޮފް ހޯމް އެފެއާޒް

ޔޫއެންޑީޕީއާ ހޯމް މިނިސްޓްރީ ގުޅިގެން މީޑިއާ ކެމްޕެއިނެއް

Jul 24, 2020
މީޑިޔާ ކެމްޕެއިނަށް ތައްޔާރުވުމަށް ކަމާގުޅޭ އިދާރާތަކާއެކު އޮންލައިންކޮށް ކުރިއަށްދިޔަ ބައްދަލްވުމުގެ ތެރެއިން --
0%
0%
0%

ޔޫއެންޑީޕީއާއި މިނިސްޓްރީ އޮފް ހޯމްއެފެއާޒް ގުޅިގެން ކުރިއަށްގެންދަން ނިންމާފައިވާ މީޑިއާ ކެމްޕެއިނަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިފި އެވެ.

ހޯމް މިނިސްޓްރީން ބުނީ މީޑިއާ ކެމްޕެއިނަށް ތައްޔާރުވުމަށް ކަމާގުޅޭ އިދާރާތަކާއެކު އޮންލައިން މަސައްކަތު ބައްދަލުވުމެއް އިއްޔެ ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާއެވެ. މިއީ ޔޫއެންޑީޕީގެ އިންޓެގްރޭޓަޑް ގަވަނަންސް ޕްރޮގްރާމްގެ ދަށުން ހޯމް މިނިސްޓްރީއާ ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

އިއްޔެ ކުރިއަށްގެންދިޔަ މަސައްކަތުބައްދަލުވުމުގެ ބޭނުމަކީ މިވަގުތު މުޖުތަމައުގައި ހުރި މައްސަލަތަކާމެދު މަޝްވަރާކުރުން ކަމަށާ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާމެދު ހިޔާލު ބަދަލުކޮށް ކެމްޕެއިން މެދުވެރިކޮށް މުޖުތަމައުއަށް ދޭނެ މެސެޖްތަކާ ގުޅޭގޮތުން އިއްޔެ މަޝްވަރާކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

އަދި މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް19 އާ ގުޅިގެން ހީނަރުވަމުން އަންނަ އިޖުތިމާއީ ބަދަހިކަމާއި މިކަމާ ގުޅިގެން މުޖުތަމައުއަށް ދިމާވާ މައްސަލަތަކާއި މައްސަލަތައް ހައްލުކުރާނެ ގޮތްތަކާގުޅޭ ގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ. މަޝްވަރާތަކުގެ އަލީގައި މީޑިއާ ކެމްޕެއިންގެ ތެރެއިން ދޭނެ މެސެޖްތައް ވަނީ ފާހަގަކޮށްފައެވެ.

މި މަސައްކަތު ބައްދަލުވުމުގައި 30 ބޭފުޅުން ބައިވެރިވިއެވެ. އޭގެތެރޭގައި ސަރުކާރުގެ މުއައްސަސާތަކާއި ޖަމްއިއްޔާތަކާއި ގުޅުންހުރި އެހެން އިދާރާތައް ހިމެނެއެވެ. އެގޮތުން މިނިސްޓްރީ އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އެންސީޓީސީއާއި، ބްރޯޑްކާސްޓިން ކޮމިޝަނާއި އެޑިއުކޭޝަން މިނިސްޓްރީއާ ޔޫއެންއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިތުރުން ލޭބާ ރިލޭޝަން އޮތޯރިޓީއާއި ބައެއް މަދަނީ ޖަމްއިއްޔާތައް ހިމެނެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910