މޫސުން

ދެ ގެއެއްގެ ފުރާޅު އެއްލާލައިފި

Jul 25, 2020

މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގެ ދެ ގެއެއްގެ ފުރާޅު އެއްލާލައި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެމްއެންޑީއެފްއިން ބުނީ ދެ ގެއެެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން ސިފައިން ހަރަކާތްތެރިވަމުންދާ ކަަމަށެވެ. މިއަދު މާލެއަށް ކުރި ވިއްސާރާގައި ވައި ގަދަވެ ފުރާޅު އެއްލައިލީ މާފަންނުގެ ގެއަކާއި ހެންވޭރުގެ ގެއެއްގެކެވެ. މި ހާދިސާ ހިނގީ މިއަދު ހަވީރު 5:30 އެހާކަންހާއިރު އެވެ.

މިހާރު ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ ފުސް ނަކަތެ. މި ނަކަތް ޖުލައި 15 ވަނަ ދުވަހުން ފެށިގެން 28 ޖުލައިގެ ނިޔަލަށް ދެމިގެންދާނެ އެވެ. ހުޅަނގުގެ އަށް ވަނަ މި ނަތަކަތަކީ އުޑަމަތީގައި ފުސް ވިލާ ގިނަ، ވާރޭ ބޯ ނަކަތެކެވެ. ގިނަ ވަގުތުތަކުގައި ވައި ހުންނާނީ ހުޅަނގާއި ހުޅަނގު އުތުތުގަަ އވެެ، އެވެ. އަދި ގަޑިއަކު 20.37 ކިލޯމީޓަރުގެ ބާރު މިނުގައި ވައި ޖެހޭއިރު ބޯވާރެއާއެކު 88،6 މިލިމީޓަރުގެ ވާރޭ ވެހޭނެ އެވެ.