ހަބަރު

މަސްޕްލާންޓްގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި

އައްޑޫ އަތޮޅުގެ ހުޅުމީދޫ އާއި މަރަދޫ ގައި ގާއިމް ކުރާ ގޭދޮށު މަސް ޕްލާންޓް އަޅަން ބަޔަކާއި ހަވާލުކޮށްފިި އެވެ.

ގެދޮށު މަސް ޕްލާންޓް އިމާރާތް ކުރަން ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އައްޑޫ ސިޓީ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތެއްްގަ އެވެ. އެ ރަސްމިއްޔާތުގައި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު އާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވާޗުއަލްކޮށް ވަނީ ބައިވެރިވެ ވަޑައިގަތެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ އިތުރުން އިންޑިއާ ހައިކޮމިޝަނާއި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގަތެވެ.

މި މަސް ޕްލާންޓް އިމާރާތް ކުރަން ނިންމާފައި ވަނީ އިންޑިއާ ސަރުކާރުގެ އެހީގަ އެވެ.

މަރަދޫގައި ގާއިމްކުރާ ގޭދޮށު މަސްޕްލާންޓްގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. ހުޅުމީދޫ މަސްޕްލާންޓްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މެކޯ ޕްރައިވެޓް ލިމިޓެޑާ އެވެ.