ވިޔަފާރި

އުރީދޫން އައިފޯން އެސްއީ ތައާރަފުކޮށްފި

Jul 26, 2020
1

އެޕަލް އެންމެ އަގު ހެޔޮ ފަހުގެ އައިފޯން އެސްއީ އުރީދޫ މޯލްޑިވްސް އިން މިއަދު ރާއްޖޭގައި ލޯންޗް ކޮށްފި އެވެ.

އެޕަލްގެ އެންމެ ފަހުގެ މި ފޯނަކީ، އެހެން އައިފޯނުތަކާ އަޅާ ބަލާއިރު ސައިޒުން ކުޑަ ފޯނެކެވެ. މި ފޯނު ފަރުމާ ކޮށްފައިވަނީ ސްމާޓް ފޯނުތަކުގައި ބޭނުން ކުރެވޭ އެންމެ އަވަސް ޗިޕް ކަމުގައިވާ އޭ13 ބައޯނިކް ޗިޕް ބޭނުން ކޮށްގެނެވެ. މީގެ އިތުރުން އައިފޯން މޮޑެލްތަކުގެ ތެރެއިން އެންމެ ވަރުގަދަ ސިންގަލް ކެމެރާ ސިސްޓަމް ހަރުކޮށްފައި ވަނީ ވެސް ލޯންޗް ކުރި މި އައިފޯން އެސްއީގަ އެވެ.

  • އައިފޯން އެސް : 128 ޖީބީ، 9،999ރ.
  • އައިފޯން އެސް : 256 ޖީބީ، 11،499ރ.

އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ ދިވެހިން އަބަދު ވެސް ފަހުގެ ޓެކްނޮލޮޖީއަށް ލޯބި ކުރާ ކަމަށެވެ. އެހެން ކަމުން މިއީ މުހިންމު އުފެއްދުމެއް ކަމަަށެވެ.

"ދިވެހިންނަކީ ފަހުގެ ޓެކްނޮލޮޖީތައް ބަލައިގަނެ، ބައިނަލްއަޤްވާމީ މާކެޓަށް ތައާރަފް ކުރާ އެންމެ ފަހުގެ އަދި އެންމެ އެޑްވާންސް އުފެއްދުންތައް، އެންމެ އަވަހަށް ގަތުމަށް އަބަދު ވެސް ޝައުގުވެރިވާ ބައެއް. އެހެން ކަމުން، އުރީދޫ ކަސްޓަމަރުންނަށް އައިފޯނުގެ މި ބާރު ގަދަ އަދި އެންމެ އަގު ހެޔޮ ފަހުގެ އައިފޯން އެސްއީ ފަސޭހަ ކަމާއެކު ގަތުމަށް މަގު ފަހިކޮށް ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫން ބުނީ އައިފޯން އެސްއީ އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް އެ ކުންފުނީގެ ޑެލިވަރީ ޕްލެޓްފޯމް މޫލީން މުޅިން ހިލޭ ގެންގޮސްދޭނެ އެވެ.