މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމްގައި ހުންނެވި މޫސާ ސޯލިހު މިއަދު ރިޓަޔާ ކުރައްވައިފި އެވެ.
އެމްއޭސީއެލް އިން ބުނީ އެ ކުންފުނީގެ 39 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު މޫސަ ސޯލިހު މިއަދު ރިޓަޔާ ކުރައްވާފައިވާ ކަމަށާއި އެމްއޭސީއެލް ހިންގެވި ގޮތާއި ގެނެސްދެއްވި ކުރިއެރުންތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
މޫސާ ސޯލިހަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑުބޭބެ އެވެ. އޭނާ އެމްއޭސީއެލްގެ އެކްޓިން އެމްޑީގެ މަގާމްއާ ހަވާލުވީ ރައީސް ސޯލިހު ސަރުކާރާ ހަވާލުވުމަށް ފަހު 2018 ވަނަ އަހަރުގެ ނޮވެމްބަރު 15 ގަ އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސަރުކާރުން މިހާރު ވަނީ އިނގިރޭސީ ވިލާތުގެ ރައްޔިތެއް ކަމަށްވާ، ގޯޑަން އެންޑްރޫ ސްޓުއާޓް ހަމަޖައްސާފަ އެވެ.