ހަބަރު

އެކުވެނި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލު ކުރަނީ

އެކުވެނި އައުޓްޑޯ ޓްރެކުގައި ސިންތެޓިކް ޓްރެކް އެއް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް މިއަދު ވިދާޅުވީ، އެކުވެނި އައުޓްޑޯ ޓްރެކްގެ ސަބް ބޭސް ނިމުމުން އެ ތަނުގެ ދުވާ ޓްރެކް ސިންތެޓިކް ޓްރެކް އަކަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ސަރުކާރު ހުޅުވުމުން ރަސްމީކޮށް ޓްރެކްގެ މަސައްކަތްތައް ފަށާނެ ކަމަށާއި އެ ތަނުގައި އަޅާ ސިންތެޓިކް ޓްރެކާ ބެހޭ އިތުރު މައުލޫމާތުވެސް ހާމަ ކުރާނެ ކަމަށެވެ.

އެކުވެނިި އައުޓްޑޯ ޓްރެކް އަކީ ގިނަ ބަޔަކު ކަސްރަތު ކުރުމަށް ކޮންމެ ދުވަހަކުވެސް އެކި ވަގުތުތަކުގައި ދާ ތަނެކެވެ. ސްކޫލްތަކުގެ އެތުލެޓިކްސް ޓޯނަމަންޓުތަކާއި އަމިއްލަ ފަރާތްތަކުން ހިންގާ ބޫޓްކޭމްޕް ތައްވެސް މި ޓްރެކުގައި ހިންގަ އެވެ.

މާލެ ސިޓީގައި ދުވުމަށް ސިންތެޓިކް ޓްރެކް އެއް މިހާރު އޮންނަނީ މާފަންނު ރަސްފަންނުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އަދި ހުޅުމާލޭގައި ތަރައްގީ ކުރި ދުވާ ޓްރެކްގަ އެވެ. ހުޅުމާލޭ ގައި އެޅި ޓްރެކަކީ ރާއްޖޭގައި އެޅި ފުރަތަމަ ސިންތެޓިކް ޓެރެކެވެ. ސިންތެޓިކް އަކީ ބައިނަލްއަގްވާމީ ޓްރެކްތަކުގައި އަޅާ މަޑު މެޓެކެވެ.