ހަބަރު

7،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް އިމްތިހާނު ފަށައިފި

ހަތް ހާހަށް ވުރެ ގިނަ ދަރިވަރުންނާއެކު މި އަހަރުގެ އޯ ލެވެލް އިމްތިހާނު ފަށައިފި އެވެ. 

މިއަދު އިމްތިހާނު ފެށީ ޓްރެވަލް އެންޑް ޓުއަރިޒަމް މާއްދާގެ ޕޭޕަރުތަކުންނެވެ.

މިއަދު އިމްތިހާނު ފެށި އިރު 7066 ދަރިވަރުން ޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވެ އެވެ. އެއީ 192 ސްކޫލަކުން 5365 ދަރިވަރަކާއި އަމިއްލަ ގޮތުން 47 ތަނެއް 1701 ދަރިވަރެކެވެ.

އިސްލާމް އަދި ދިވެހި މާއްދާގެ އިމްތިހާން މިމަހުގެ 10 އެއް އަދި 11 ވަނަ ދުވަހު ބާއްވާއިރު މިއަހަރު އަލަށް ސްރީލަންކާގެ ކޮލަމްބޯގައި ވެސް އިމްތިހާނު ބާއްވަ އެވެ. އިމްތިހާނު ނިމޭނީ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.