ހަބަރު

މުޒާހަރާ ކުރިޔަށް ދާނެ، ނަތީޖާ ވެސް ފޮނިވާނެ: ޖަމީލު

Jul 27, 2020
3

ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރާ މުޒާހަރާތައް އަދިވެސް ކުރިޔަށް ދާނެ ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.

ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުރިހާ ކަމެއް ބޮއްސުންލާފައިވާ ކަމަށާއި ޖުޑިޝަރީއަށް އަތްބާނައިގެން މުޑުދާރުކޮށް އިދިކޮޅު ޖަލަށް ލުމުގެ އިތުރުން މިހާރު ދިމާކޮށްލާފައި ވަނީ މިނިވަންކަން ވެސް ވިއްކާލަން ކަމަށެވެ. އެކަމާ ދެކޮޅަށް މުޒާހަރާތައް ކުރިޔަށް ދާނެ ކަމަށާއި އެ މުޒާހަރާތަކުގެ ނަތީޖާ ވެސް ފޮނިވާނެ ކަމަށް ޖަމީލު ވިދާޅުވި އެވެ.

"ހިލާ ގައުމު ވިއްކައެއް ނުލެވޭނެ. ކުރިން ވެސް ނިމިގެން ދިޔައީ ގަދަބަސް ބުނަނިކޮށް،" ޖަމީލު ވިދާޅުވި އެވެ.

މިނިވަން ދުވަހާ ދިމާކޮށް އިދިކޮޅު ފަރާތްތަކުން ރޭ މުޒާހަރާއަށް މަގުމައްޗަށް ނިކުތުމުން ފުލުހުން ވަނީ އެކަން ހުއްޓުވައިފަ އެވެ. އަދި ކޮވިޑް-19 ގެ ދުވަސްވަރު މުޒާހަރާ ކުރުމުން އެކަމަށް ވަނީ ފާޑު ކިިޔުން އަމާޒުވެފަ އެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުން މިހާރު ވަނީ މާލޭގައި ކުރިން އެންގުމަކާ ނުލާ މުޒަހަރާ ކުރުމުގެ ހައްގު ހަނިކޮށްފަ އެވެ. އެގޮތުން ކާނިވާ ސަރަހައްދުގައި ނޫނީ އެގޮތައް މުޒާހަރާ ނުކުރެވޭ ގޮތައް ވަނީ ހަދައިފަ އެވެ. މި ބަދަލު ގެނެސްފައި ވަނީ ކުރީ ސަރުކާރުންނެވެ. އަދި އެ އިސްލާހު އުވާލާނެ ކަމަށް ވައުދުވުމަށް ފަހު އެ މައްސަލަ މަޖިލީހުގައި އޮންނަތާ މިހާރު އަހަރެއް ވެއްޖެ އެވެ.