ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހާލަތު ގޯސްވިޔަ ނުދޭން ނައިބު ރައީސް ގޮވާލައްވައިފި

Jul 30, 2020

ފާއިތުވި ހަފްތާއެއްގެ ދުވަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑް-19 އިގެ ބަލި ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވުމާ ގުޅިގެން، އެ ހާލަތު އިތުރަށް ގޯސްވުމަށް ފުރުސަތު ނުދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

ކުރިއާ ހިލާފަށް ބަލި ޖެހޭ މީހުންގެ ތެރެއަށް ދިވެހިންގެ އަދަދު ގިނަވާތީ، ޑޮކްޓަރުން ވެސް ވަނީ ކަންބޮޑުވުންފާޅު ކުރައްވައި އެކަން ކޮވިޑްގެ ދެވަނަ ރާޅެއްގެ ގޮތުގައި ސިފަ ކުރައްވާފައި އެވެ.

އެއާއެކު ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަލުން ލޮކްޑައުން ކުރަންޖެހިދާނެކަމުގެ އިންޒާރުވެސް ސިއްހީ މާހިރުން ވަނީ ދެއްވައިފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ދަތި އުނދަގޫ ދުވަސްތަކެއް ރައްޔިތުން ހޭދަކޮށްފައިވާ ކަމަށެވެ.

އަދި މި ބަލިމަޑުކަމުގެ ސަބަބުން މުޖުތަމައުގެ ކަންކަން އިތުރަށް ގޯސްވެ، އަނެއްކާވެސް އެފަދަ އުނދަގޫ ހާލަތަކަށް ނުދިއުމަށްޓަކައި އެންްމެ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ޖަމާއާތުގައި ނަމާދު ނުކުރެވި، ސްކޫލްތައް ބަންދުވެ، ވިޔަފާރިތައް ހުއްޓި، އެންމެން ގޭގައި ބަންދުވުމުގެ ގެއްލުން އަޅުގަނޑުމެން އެންމެނަށް ވަނީ ތަހައްމަލު ކުރެވިފައި،" ނައިބު ރައީސް ފާހަގަކުރެއްވި އެވެ.