ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފި

ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފި އެވެ.

މިގޮތަށް ނިންމާފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނެޝަނަލް ޓާސްކްފޯހާއެކު ބޭއްވި ބައްދަލު ވުމެއްގަ އެވެ.

ބައްދަލު ވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 ޖެހޭ މީހުން އަނެއްކާ ވެސް ގިނަވަމުން ދާތީ ތިމާ އާއި އެހެން މީހުންގެ ރައްކަލަކަށްޓަކައި ބޭރުގައި އުޅޭ އިރުގައި މާސްކު އެޅުން މަޖުބޫރުކުރަން ނިންމާފައިވާ ކަމަށެވެ.

މި ޓުވީޓުގައި ބުނެފައިވަނީ ގޭގައި މަސައްކަތް ކުރެވޭ ނަމަ ވީހާވެސް ގިނަ ފަރާތްތަކުން ގޭގައިމަސައްކަތް ކުރުމަށް ބާރު އަޅާ ކަމަށާއި ބޭރުގައި އުޅުން ވީހާވެސް މަދުކުރަން އެދޭ ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި މީގެ ކުރިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ވަކި ވަގުތުތަކެއް ކާފިއު ހިންގާފައިވެއެވެ. އަދި އޭގެ ފަހުން މާލެ ސިޓީ ލޮކްޑައުން ކޮށް ބޭރަށް ނިކުމެ އުޅުން މަނާކުރިއެވެ.

ނަމަވެސް ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް މަދުވަމުންދިއުމާއެކު މެއި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ފިޔަވަހިތަކަށް ބަހާލައިގެން ލޮކްޑައުންގެ ހާލަތަށް ވަނީ ލުއިދޭން ފަށާފައެވެ. ނަމަވެސް މިފަހުން ކޮވިޑްގެ ބަލި މީހުން ފެންނަ މިންވަރު އިތުރުވެ ނުރައްކާ ވަނީ ބޮޑުވެފައެވެ.