ވިޔަފާރި

އުރީދޫ ރާއްޖޭގައި ހިދުމަތް ދޭތާ 15 އަހަރު

Aug 1, 2020
1

އުރީދޫ މޯލްޑިވްސް ރާއްޖޭގައި ހިދުމަތް ފަށާފައިވަނީ 2005 ވަނަ އަހަރު އެވެ. މި ވިޔަފާރި ރާއްޖޭގައި ފެށުންވީ ރާއްޖެ އަށް ފޮރިން އިންވެސްޓަރުންގެ އިތުބާރު ބޮޑުވި ކަމަށެވެ. އަދި ރާއްޖޭގައި ކުރި އަރަމުން އައި މުއާސަލާތީ ހިދުމަތުގެ ދާއިރާ އަށް ވާދަވެރިކަން ވަދެ، ހިދުމަތް ވަރުގަދަވި ކަމަށެވެ. މި އަދަކީ އުރީދޫ މޯލްޑިވްސް ރާއްޖޭގައި ހިދުުމަތް ފެށިތާ 15 ވަނަ އަހަރީ ދުހެވެ.

ވަނަރަ ވަނަ އަހަރީ ދުވަހާ ގުޅިގެން، އުރީދޫ މޯލްޑިވްސް ސީއީއޯ ނަޖީބް ހާން ވިދާޅުވި ގޮތުގައި އެ ކުންފުނިން ރާއްޖޭގެ ޓެލެކޮމް ސިނާއަތަށް ގިނަ ހިދުމަތްތަކެއް ކުރެވެމުންދާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އިންޓަނެޓް ވޯލްޑުގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ރާއްޖެއަށް ގެނެސް ދޭން. މިހާރު ކަސްޓަމަރުންނަށް މިވަނީ އޮޕްޝަން ލިބިފަ ބޭނުން ހިދުމަތެއް ހިޔާރު ކުރުމުގެ،" ނަޖީބު ވިދާޅުވި އެވެ.

އެ ކުންފުނީގެ އެކްޓިން-ސީސީއޯ ހުސެއިން ނިޔާޒު ވިދާޅުވި ގޮތުގައި އެ ކުންފުނިން ހިދުމަތް ދެވިފައިވަނީ ގިނަ ބައެއްގެ އެއްބާރުލުން ލިބިގެން ކަމަށެވެ.

"ވަރަށް ބައިވަރު މީހުންގެ އެހީ ލިބުނު. ހާއްސަކޮށް ކަސްޓަމަރުން ދިން އިތުބާރަކީ އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ. މުޅިރާއްޖޭގެ ހުރިހާ ކަސްޓަމަރުންނަށް މި ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި އާ ޓެކްނޮލޮޖީ ތައާރަފު ކުރެވުނީތީ ވަރަށް ބޮޑަށް ފަހުރުވެރިވަން،" ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގެ 15 އަހަރުގެ ހިދުމަތުގައި ސަރުކާރުތަކާއި ޕާޓްނަރުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިފައިވާ ކަމަށެވެ.

"ހާއްސަކޮށް އަޅުގަނޑުމެންގެ ސްޓާފުން. ކުޑަކުޑަ އާއިލާއިން މި ޓެކްނޮލޮޖީ ރާއްޖެ ގެނައުމަށްޓަކައި ވަރަށް މަސައްކަތް ކުރި. އަޅުގަނޑުމެން ފެށުނީއްސުރެން ފެށިގެން ވެސް މަގުސަދަކީ ރާއްޖެއަކީ ޓެކްނޮލިޖީގެ ގޮތުން ކުރިއަރާފައިވާ ގައުމަކަށް ހެދުން،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫން ވަނީ ރާއްޖޭގައި ހިދުމަތް ފެށުމާއެކު ތްރީޖީ އާއި ފޯޖީގެ ހިދުމަތް ވެސް ދީފަ އެވެ. މީގެ އިތުރުން ވައިފައި ކޯލިން ފަދަ ޒަމާނީ ހިދުމަތްތައް ދީފަ އެވެ. މީގެ އިތުރުން އެ ކުންފުންޏަށް އިންޓަނެޓުގެ ހިދުމަތް ދޭން ހުއްދަ ލިބުމާއެކު ރާއްޖޭގެ އާބާދީގެ 70 ޕަސެންޓަށް ވަނީ "ސުޕަ ނެޓް" ގެ ހިދުމަތް ދީފަ އެވެ. އަދި ފަސޭހަކަމާއެކު ބޭނުން ވަގުތެއްގައި ހިދުމަތް ދެވޭ ގޮތަށް ކުޅުދުއްދުއްޓާއި މާލެ އަދި ހުޅުމާލޭގައި "ޑިޖިޓަކް ކިއޮސްކް" ވަނީ ގާއިމްކޮށްފަ އެވެ. އަދި ޑިޖިޓަލް ފައިސާ "އެމް ފައިސާ" އާއި އީ ކޮމާސް ހިދުމަތެއްގެ ގޮތުގައި "މޫލީ" ވެސް ތައާރަފުކޮށްފައިވެ އެވެ.

އުރީދޫ މޯލްޑިވްސްއަކީ މިހާރު ދިވެހިންގެ ހިއްސާވާ ކުންފުންޏެވެ. އެ ކުންފުނިން ވަނީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށް ހިއްސާ ވިއްކާފަ އެވެ. އަދި އެ ކުންފުނީގައި މިހާރު ގިނަ އަދަދެއްގެ ދިވެހިން ހިއްސާ ވެ އެވެ.