ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިހަވަންދޫން މީހަކު ޕޮޒިޓިވްވެ ރަށް މޮނިޓަރިން އަށް

ހއ. އިހަވަންދޫ އާއި މާލެ އާއި ދެމެދު ދަތުރުކުރާ ބޯޓެއްގައި މަސައްކަތް ކުރާ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އިހަވަންދޫ "242" ނަމަކަށް ކިޔާ މި ބޯޓުން ޕޮޒިޓިވް ވެފައިވަނީ އެ ބޯޓުގެ ކޭޝިއަރެއް ގޮތިގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ ވަނީ އެރަށު ގިނަ މީހުންނާއި ބައްދަލުވެފަ އެވެ.

އިހަވަންދޫ ކައުންސިލް ރައީސް މުހައްމަދު ރަޝިދު ވިދާޅުވީ ޕޮޒިޓިވް ވި މީހާދަތުރު ނިންމާޅުމަށްފަހު އެ ރަށަށް އައިސްފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށާއި އޭނާ އައިތާ ދެވަނަ އަށްވީ ދުވަހު އަލާމާތްތަށް ފެނިގެން ޓެސްޓުކޮށްފައިވާ ކަމަށެވެ އަދި އޭނާގެ ނަތީޖާ ރޭގެ ވަގުތެއްގައި ލިބުނު އިރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ޕޮޒިޓިވް ވި މީހާ ރަށުތެރޭގެ ވަރަށް ގިނަ ތަންތަނަށް ގޮސްފައިވާ ކަމަށާއި އަދި ގިނަ ބަޔަކާއި ދިމާވެފައިވާ ކަމަށެވެ. އެހެން ކަމުން މިހާރު ރަށް އޮތީ މޮނިޓަރިން ހާލަތުގައި ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރަޝީދު އިތުރަށް ވިދާޅުވީ އެމީހާ މިހާރު ހޯމް އައިސޮލޭޝަންގައި ފަރުވާދެމުންދާ ކަމަށެވެ. ހާލަތު ގޯސްވެފައި ނުވާތީ އިހަވަންދޫގައި ގާއިމްކޮށްފައިހުރި ކޮވިޑް ފެސިލިޓީގައި ފަރުވާ އަދި ނެދޭ ކަމަށެވެ.

އިހަވަންދޫ އިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު ހއ. އާއި ހދ. އާއި މާލެ އާއި ދެމެދު ދަތުރުކުރާ "ސަވާރީ" ނަމަކަށް ކިޔާ ބޯތަކުން 10 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އަދި އެ މީހުންނާ ކޮންޓެކްޓްވެފައިވާ މީހުން ތިބުމުން ކެލާގެ އިތުރުން އެއަތޮޅު ދިއްދު އާއި ވަށަފަރު އަދި ހދ. ނޮޅިވަރަންފަރަށް ވެސް އަރައިފޭބުން ވަގުތީ ގޮތުން ވަނީ މަނާކޮށްފަ އެވެ.