ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭގެ ބަނދުގައި މިހާރު ފަސް ރަށް

Apr 2, 2022

ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭ އިން މޮނިޓަރިން ހާލަތަށް ގެންގޮސް ބަންދު ކުރާ ރަށްތަކުގެ ލިސްޓު ފަހަކަށް ތިރި ކޮށްފި އެވެ.

އެންމެ ފަހުން އެޗްޕީއޭއިން އާންމު ކޮށްފައިވާ ނަމްބަރުތައް ދައްކާ ގޮތުން އެޗްޕީއޭގެ ބަންދުގައި މިހާރު އޮތީ އުތުރުގެ ހއ. އިހަވަންދޫ އާއި ހދ. ހަނިމާދޫ އާއި ށ. ކަނޑިތީމާއި ހއ. ހޯރަފުއްޓާއި އަދި ށ. ނޫމަރާ އެވެ.

މީގެ ތެރެއިން އެންމެ ގިނަ ދުވަހު ބަންދުގައި އޮތީ ހއ. އިހަވަންދޫ އެވެ. އެއީ ޑިސެމްބަރުން ފެށިގެނެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ރަނގަޅުވަމުންދާތީ މިހާރު ވަނީ ކުއްލި ސިއްހީ ނުރައްކަލުގެ ހާލަތު ވެސް އުވާލައި އެޗްޕީއޭގެ ފިޔަވަޅުތައް ވެސް ލުއި ކޮށްފަ އެވެ.