ކ. މާފުށީގައި ހޯމް ކަރަންޓިނުގައި ތިބި ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
މާފުށިން ކޮވިޑް ބައްޔަށް ޕޮޒިޓިވް ވެފައިވަނީ މީގެ 15 ދުވަސް ކުރިން މާލެއިން އެރަށަށް ގޮސް ހޯމް ކަރަންޓީނުގައި ތިބި ކުޑަ ކުއްޖަކާއި އަންހެނެކެވެ. އެ މީހުން ޕޮޒިޓިވް ވީ ކަރަންޓިނުގެ މުއްދަތު ހަމަވެ ދޫކޮށްލުމަށް ނެގި ސާމްޕަލް އިންނެވެ.
އެ މީހުންނާއި އެއްވެސް ބަޔަކު ކޮންޓެކްޓްވެފަ އެއް ނުވެ އެވެ. އެހެން ކަމުން ކަރަންޓިނުގައި މީގެ ކުރިންވެސް ތިބި ގޭގައި އެ ދެމީހުންނަށް ފަރުވާ ދެމުންދާ ކަމަށާއި ހާލު ރަނގަޅުކަމަށްވެސް ބުނެޏެވެ.
މީގެ ކުރިންވެސް މާފުށިގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.
އަތޮޅުތެރޭގައި މިބަލި މިހާރު ފެތުރެމުންދާއިރު މިހާތަނަށް ރާއްޖެއިން 3500 އަށްވުރރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.