ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

މާފުށިން ކޮވިޑް މަރެއް، މިއަދުގެ ތިންވަނަ މަރު

ކޮވިޑް-19 ގެ އިތުރު މަރެއް ރިޕޯޓްކޮށްފި އެވެ. ކޮވިޑްގައި މި ފަހަރު މަަރުވީ ކ. މާފުށީ މީހެކެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނީ ކ. މާފުށިން 74 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި 87 ވަނަ މީހާއެވެ. އެމީހާ މަރުވީ 9:45 ގައެވެ. އޭގެ ފަހުން ލިބުނު ނަތީޖާ ވަނީ ޕޮޒިޓިވްވެފައެވެ.

މިއީ މިދިޔަ ސައުވީސްގަޑިއިރުގެ ރިޕޯޓް ކުރި ކޮވިޑްގެ ތިންވަނަ މަރެވެ. ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ 75 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވީ މިއަދު ފަތިހި ހަތަރެއް ޖަހާ ކަންހާއިރު އެވެ.

ކޮވިޑްގައި ދެވަނަ އަށް މަރުވީ ބ. އޭދަފުށީގެ މީހެކެވެ. އެއީ 85 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއީ މި އަހަރުގެ 36 ވަނަ ކޮވިޑް މަރެވެ.

ކޮވިޑް 19 އަށް އިއްޔެ އެކަނި ވެސް 1091 މީހަކު ޕޮޒިޓިވްފެފައިވެ އެވެ. އޭގެ ކުރީ ހަތަރު ދުވަހުގެ ނަންބަރު ހުރީ 700 އިން މަތީގައެވެ. އެޗްޕީއޭ އިން އެންމެ ފަހުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ހުހަށް ހުރީ އެންމެ ބެޑެކެވެ. 8 މީހަކު އައިސީޔޫގައި އޮތްއިރު ތިން މީހަކު ވަނީ ވެންޓިލޭޓަރުގައެވެ.