އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕް ކުރި މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި އިއްޔެގެ ވަގުތެއްގައި 19 އަހަރުގެ ފިިހެނެކާއި 30 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންނަކީ ވެސް ދެ ދިވެހިން ކަމަށެވެ.
ހިތަދޫ އުމުރުން 48 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ އަންހެން މީހާ ރޭޕް ކުރި މައްސަލާ ފުލުހުންނަށް ހުށަހަޅާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި މި މައްސަލާގައި މި ދެމީހުން ހައްޔަރުކޮށް ހާއްސަ ސަމާލު ކަމެއް ދިގެން މައްސަލަ ބަލަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މި އަންހެންމީހާ ރޭޕް ކުރި މައްސަލާގައި އެރަށު ބަޔަކު ވަނީ އެއްވެ އިހުތިޖާޖު ކޮށްފަ އެވެ. އަދި ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހިފަހައްޓާ އެ ދެމީހުން އެކަމަށް އިއުތުރާފްވި ކަމަށް ބުނާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ.