އުމުރުން ދުވަސްވީ އަންހެނަކާމެދު ގަދަކަމުން ޖިންސީ ގޯނާ ކުރަން އުޅުނު މީހެއްގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ސ. މީދޫގަައި އުމުރުން ދުވަސްވީ އަންހެނަކަށް ގަދަ ކަމުން ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް ފުލުހުން ބަލަމުން ގެންދާ ކަމަށެވެ.
މިއަދު ހެނދުނު ހުށަހެޅި މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އަދި ތުހުމަތު ކުރެވޭ މީހާއާއި ގުޅޭ މައުލޫމާތެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ މި މައްސަލަގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.