އެމްޓީސީސީ

ދެވަނަ ކްއާޓަރުގާއި އެމްޓީސީސީން 75 މަޝްރޫއެއް

Aug 2, 2020
ނ. ފޮއްދޫގެ ބަނދަރު
0%
0%
0%

މިދިޔަ ކްއާޓަރުގައި އެމްޓީސީސީން 75 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފި އެވެ.

އެ ކުންފުނިން ކުރިޔަށް ގެންދިޔަ އެ 75 މަޝްރޫޢެއްގެ ތެރޭގައި ހިމެނެނީ ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި މަގު ހެދުމުގެ މަޝްރުއޫތައް ކަމަށެވެ. އަދި އޭގެ ތެރެއިން 14 މަޝްރޫޢެއްގެ މަސައްކަތް ނިންމާފައި ވެއެވެ.

އެ މަޝްރޫއުތަކުގެ ތެރޭ ތިލަފުށި ކުނި ޖަމާކުރާ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި އއ. ހިމަންދޫ ބަނދަރު ގެ މަސައްކަތާއި
އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ގއ. ކަނޑުހުޅުދޫ ބަނދަރުގެ ތޮށިލުމުގެ މަސައްކަތާއި ގއ. ވިލިނގިލި ބަނދަރުގެ މަސައްކަތާއި
އެ ރަށުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި ލ. ގަން ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި ގދ. ތިނަދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި
ގދ. މާވަރުލު އެއާޕޯޓްގެ ފޭސް ދޭއްގެ މަސައްކަތާއި ހާބަރު ބޮޑުކުރުން ހިމަނާފައި ވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910