ހަބަރު

ސިރިސޭނާއަށް މަރުހަބާ ވިދާޅުވެ ރާއްޖެ ވަޑައިގަތުމަށް ރައީސް ޔާމީން ދައުވަތު ދެއްވައިފި

Jan 9, 2015

ސްރީލަންކާގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި މައިތިރިޕާލަ ސިރިސޭނާއާކު މަސައްކަތް ކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރާނެ ކަމަށް ވިދާޅުވެ ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ސިރިސޭނާއަށް ރައީސް އަބްދުﷲ ޔާމީން ދައުވަތު ދެއްވައިފި އެވެ.

ސިރިސޭނާ އަށް މަރުހަބާ ވިދާޅުވެ ރައީސް ޔާމީން ފޮނުއްވެވި މެސެޖްގައި ވިދާޅުވެފައި ވަނީ ލަންކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާއަކީ ސިރިސޭނާގެ ސިޔާސަތުތަކަށް އެ ގައުމުގެ ރައްޔިތުން ތާއީދުކުރާ ކަމުގެ ހެއްކެއް ކަމަށެވެ.

ރައީސްގެ މެސެޖްގައި ސްރީލަންކާއާއި ރާއްޖެއާ ދެމެދު އޮތް ދެމިގެންވާ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އާ ރައީސާއެކު ގާތުން މަސައްކަތް ކުރުމަށް ގަސްދު ކުރައްވާ ކަމަށް ވެސް ވިދާޅުވެފައި  ވެއެވެ.