ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

215 މީހުން ޕޮޒިޓިވްވެ، ރާއްޖެ ހާސްކަމުގެ ތެރެއަށް

Aug 2, 2020
3

މިދިއަ 24 ގަޑިއިރުގެ ތެރޭ ރާއްޖެއިން އިތުރު 215 މީހުންގެ ރިކޯޑް އަދަދެއް ކޮވިޑަށް ޕޮޒިޓިވްވެ ރާއްޖެ ހާސް ކަމުގެ ތެރެއަށް ވައްޓާލައިފި އެވެ.

އަަލަށް ގިނަ ބަޔަކު ޕޮޒިޓިވްވި އިރު އޭގެ ތެރޭގައި ހިމެނެނީ 149 ދިވެހިންނާއި ބަންގަލާދޭޝްގެ 54 މީހަކާއި އިންޑިއާގެ ހަތް މީހުނާއި އަވަށްޓެރި ސްރީ ލަންކާގެ ދެ މީހަކާއި ނޭޕާލްގެ ދެ މީހަކާއި އިންޑޮނޭޝިއާގެ ރައްޔިތެކެވެ. މިއަދު މިހާ ގިނަ އަދަދަށް މީހުން ޕޮޒިޓިވްވި އިރު އިއްޔެ ވެސް 156 މީހަކަށް ރާއްޖޭގައި ކޮވިޑް ބަލި ޖެހުނެވެ.

އެޗްޕީއޭއިން އާންމު ކުރާ ކޮވިޑް މައުލޫމާތު ހިމެނޭ ޓްވީޓް

މިހާ ގިނަ އަދަދަކަށް މިރޭ މީހުން ޕޮޒިޓިވް ވުމުން ރާއްޖޭގައި ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4164 އަށް އުފުލިފަ ވެ. މި އަދަދު މި އައީ މިދިއަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކުހެން ރިކޯޑް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓްވްވަމުން ދާތީ ވަރަށް ކަންބޮޑުވުމެއް އުފެދި ކުރިން ލުއި ދިން ބައެއް ފިޔަވަޅުތައް އަލުން އަޅާފައިވެސް ވަނިކޮށެވެ.

މިރޭ ގިނަ އަދަދެއްގެ ޕޮޒިޓިވް ނަތީޖާ އާއިރު މިރޭ 89 އަހަރުގެ ދިވެހި ފިރިހެނަކުވެސް ވަނީ އެ ބަލީގައި މަރުވެފަ އެވެ، ޝިފާއެއް ނެތް މި ބަލީގައި ބޭރު މީހުން ވެސް ހިމެނޭ ގޮތަށް ރާއްޖެ މިހާތަނަށް 18 މީހަކު މަރުވެފައި ވެއެވެ. އިއްޔެވެސް ކޮވިޑްޖެހުނު މީހަކު މަރުވި އެވެ.

މިހާރު މިހާތަނަށް ކޮވިޑްގައި މަރުވި ދިވެހިންގެ އަދަދަކީ 13 އެެވެ. ބިދޭސީންގެ ފަސް މީހުންވެ.