ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑރ. މުހައްމަދު މުއިއްޒު

ހާލަތު ގޯސްވާއިރު ރައްޔިތުންނާ އަޅާލާތަނެއް ނުފެނޭ: މުއިއްޒު

Aug 2, 2020
6

ކޮވިޑް ބަލީގެ ހާލަތު ރާއްޖޭގައި ގޯސްވަމުންދާއިރު ސަރުކާރުން ގައުމުގެ ރައްޔިތުންނާ ދޭތެރޭ ކަންބޮޑުވެ އަޅައިލާ ތަން ނުފެންނަ ކަމަށް ވިދާޅުވެ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅު ވެއްޖެ އެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި އަނެއްކާ ވެސް ދަނީ ގޯސްވަމުންނެވެ. ރެކޯޑް އަދަދަކަށް ކޮންމެ ދުވަހަކު ވެސް އެ ބައްޔަށް މީހުން ދަނީ ޕޮޒިޓިވްވަމުންނެވެ. މިއަދު އެކަނިވެސް 215 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑްގެ ހާލަތު ގައުމުގައި ގޯސްވަމުން ދާއިރު ސަރުކާރުން ގައުމުގެ ރައްޔިތުންނާ ދޭތެރޭ ކަންބޮޑުވެ އަޅާލާ ތަން ނުފެންނަ ކަމަށެވެ.

"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްވުރެ އިސްކަންދޭ އެހެން ކަންތައްތަކެއް ސަރުކާރަށް އޮތީތޯ،" މާލެ ސިޓީގެ މޭޔަރު ކަމަށް އިިދިކޮޅުން ވާދަކުރައްވާ ކުރީގެ މިނިސްޓަރު މުއިއްޒު ސުވާލު ކުރެއްވިއެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ބަލީގެ ދެ ދިވެހިން ވަނީ މަރުވެފައެވެ. އެއާއެކު ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 18 އަށް އަރާފައެވެ.

4،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު މިވަގުތުވެސް ފަރުވާގައި 1،400 މީހުން އެބަތިއްބެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.