އެޑްވަޓޯރިއަލް

އުރީދޫން ދިވެހިންނަށް "ފުރަތަމަ" ދިން ހަދިޔާތައް!

Aug 4, 2020
3

މިހާރު ރާއްޖޭގައި މި ފެންނަ މޮބައިލް ހިދުމަތް ތަރައްގީވުމުގައި އުރީދޫގެ ދައުރު ބޮޑެވެ. ކުރީގެ ވަތަނިއްޔާ ޓެލްކޮމް މޯލްޑިވްސް އިން 2005 ވަނަ އަހަރު ރާއްޖޭގައި ހިދުމަތް ފެށުމާއެކު "ޑިޖިޓަލް ޓެކްނޮލޮޖީ" އާއެކު "ޑިޖިޓަލް ދިވެހިރާއްޖެ" އަކަށް ދިވެހިން ގެންދަން މަގު ކޮށުނެވެ. އެ ކުންފުނިން ވަނީ ދިވެހިން ކުރިން ނުދަންނަ އާ ގިނަ ހިދުމަތްތަކެއް ދިވެހިންނަށް ގެނެސްދީފަ އެވެ. އެ ކުންފުނިން ރާއްޖެ އަށް މޮބަައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (އެމްވީޕީއެން) ތައާރަފު ކުރި އެވެ. މިކަންވީ މޮބައިލް ހިދުމަތް ކުރި އަށް ދުއްވައި ގަތުމުގައި އެޅުނު މުހިންމު ފިޔަވަޅަކެވެ.

ވަތަނިއްޔާ އިން 2007 ވަނަ އަހަރު އެސްއެމްއެސް އިންފޮމޭޝަން ސާވިސަސް ތައާރަފުކުރި އެވެ. އަދި 2008 ވަނަ އަހަރު ރާއްޖެއަށް 3ޖީ ތައާރަފު ކުރި އެވެ. ތްރީޖީގެ ހިދުމަތް ރާއްޖޭގައި ތައާރަފު ކުރުމާއެކު ފޯނު ބޭނުން ކުރަމުން ދިޔަ ގިނަ ބަައެއްގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައެވެ. ހާއްސަކޮށް ފޯނުން ބްރައުޒާކޮށް އިންޓަނެޓުގެ ދުނިޔެއަށް ގިނަ ދިވެހިން ދިއުމުގައި ތްރީޖީ މުހިންމު ރޯލެއް އަދާކުރި އެވެ. އޭގެ ފަހުން އެ ކުންފުނިން ރާއްޖެއަށް 2009 ވަނަ ވަނަ އަހަރު ގެނެސް ދިނީ "ސަޕްރައިޒް" އެވެ. އެ އަހަރު ރާއްޖެ އަށް ތައާރަފުކޮށް ދިން "ވަޔަލެސް ބްރޯޑް ބޭންޑް" ގެ ސަބަބުން އިންޓަނެޓު ހޯދަން އިތުރު ފަސޭހައެއް ލިބިގެން ދިޔަ އެވެ.

ޑަބްލިއު ލޮކޭޓް ހިތަށް ފިނިކަމެއް

އެ ކުންފުނިން ތައާރަފުކުރި "ކޭޓީ އިންކިއުބޭޓާ" ހިދުމަތުގެ ސަބަބުން ޒުވާނުންގެ އެތަށް ބަޔަކަށް ތަމްރީން ވާން ފުރުސަތު ފަހިވި އެވެ. އަދި 2010 ވަނަ އަހަރު ތައާރަފު ކުރި "ޑަބްލިއު ލޮކޭޓް" ހިދުމަތުގެ ސަބަބުން ކަނޑު އުޅަނދު ފަހަރާއި އެއްގަމު އުޅަނދު ފަހަރުގެ ގެންގުޅޭ ފަރާތް ތަކަށް ބޮޑު ލުޔެއް ލިބިގެން ދިޔަ އެވެ. އުޅަނދު ފަހަރު ލޮކޭޓް ކޮށްލަން ފަސޭހަ ވެގެން ދިޔަ އެވެ. އަދި ޖެހިގެން އައި އަހަރު ތައާރަފު ކުރި "ސިންގަލް ރޭން ޓަވަރު" ގެ ސަބަބުން ކޮމިއުނިކޭޝަން ހިދުމަތް ދިނުމުގެ މޫނުމަތި ބަދަލު ވެގެން ދިޔަ އެވެ.

އެ ޓަވަރުތައް ވެގެން ދިޔައީ ރާއްޖޭގެ ރަށްރަށުގެ މަލަމަތި ހަޑި ކުރަމުން ދިޔަ ބޮޑެތި ޓަވަރުތަކުގެ ބަދަލުގައި ރީތިކޮށް ހުންނަ ޓަވަރު ތަކަށެވެ. އަދި ހަމަ އެ އަހަރު ރާއްޖެ އަށް ޕްރިޕެއިޑް ބްރޯޑް ބޭންކް އިންޓަނެޓުގެ ހިދުމަތް ތައާރަފު ކުރި އެވެ. އަދި 2012 ވަނަ އަހަރު "ތްރީޖީ ވީޑިއޯ ބްރޯޑް ކާސްޓް" ތައާރަފު ކުރި އެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު އެއް ޓެލެކޮމް ކުންފުނި ކަމަށްވާ ޗައިނާގެ ހުވާވޭ ކުންފުންޏާ ގުޅިގެން އެލްޓީއީ ނެޓްވޯކް ތައާރަފު ކުރި އެވެ. މި އަހަރު ވެގެން ދިޔައީ މި ވިޔަފާރި އަށް އެންމެ މުހިންމު އަހަރަށެވެ. ވަތަނިއްޔާއިން 2013 ވަނަ އަހަރު އުރީދޫ އަށް ރީ-ބްރޭންޑް ކުރި އެވެ.

އުރީދޫ މޯލްޑިވްސް އަށް ކުންފުނި ބަދަލުވުމާއެކު 2014 ވަނަ އަހަރު އެލްޓީއީ 4ޖީ ނެޓްވޯކް ތައާރަފު ކުރި އެވެ. އުރީދޫއަށް ރީބްރޭންޑް ކުރުމާއެކު ކުންފުނީގެ އާމްދަނީ 50 މިލިއަން ޑޮލަރަށް އިތުރު ވެގެން ދިޔަ އެވެ. އެ ކުންފުނިން މި އަހަރު ވައިފައި ޒޯން ތައާރަފުކޮށް ޓޫރިޒަމް ސިނާއަތަށް ހާއްސަކޮށްގެން ރިސޯޓް ސޮލިއުޝަންތައް ތައާރަފުކުރި އެވެ. އަދި 2015 ވަނަ އަހަރު އުރީދޫ ނެޓްވޯކް ވަރުގަދަކޮށް ފޭސްބުކްއާއެކު އެއްބަސްވުމެއް ގާއިމް ކުރި އެވެ. އުރީދޫ އަށް ފިކްސްޑް ބްރޯޑް ބޭންކް އިންޓަނެޓުގެ ހިދުމަތް ދޭން ހުއްދަ ލިބިގެން ދިޔަ އެވެ. އެހެންވެ ކުންފުނިން މުޅި ރާއްޖެ ހިމެނޭ ގޮތަށް ސަބްމެެރިން ކޭބަލް ހިދުމަތް ވަރުގަދަ ކުރުމުގެ މަސައްކަތް ފެށި އެވެ. އަދި ހަމަ އެ އަހަރު އުރީދޫން ވަނީ "އުރީދޫ އެޕް" ގެނެސް ދީފަ އެވެ.

ސްމާޓް ކެމްޕަސް: ކިޔަވާ ކުދިންނަށް ހަދިޔާއެއް

އެ ކުންފުނިން ރާއްޖޭގައި ކުރި 15 އަހަރުގެ ދަތުރުގައި މޮބައިލް ޕޯޓެބިލިޓީގެ ހިދުމަތް ގެނެސްދިނެވެ. އަދި އުރީދޫ ސްޕާޓް ކެމްޕަސްގެ އިތުރުން ސްމާޓް ވޮލެޓް- އެމްފައިސާ ގެނެސްދިނެވެ. އަދި ސުޕަނެޓް ބްރޯޑް ބޭންޑް އިންޓަނެޓު ގެނެސް ދިނުންވީ ޕްރިޕެއިޑް ކަސްޓަމަރުންނަށް ލިބުނު ބޮޑު ފަސޭހަ އަކަށެވެ. އެ ކުންފުނިން ދިވެހިންނަށް ހިއްސާ ވިއްކައި، ސަބްމެރިން ކޭބަލްއިން ރާއްޖޭގެ އަތޮޅުތައް ގުޅާލުމުގެ ބޮޑު މަސައްކަތް ފެށި އެވެ. އުރީދޫން ހިދުމަތްތައް ތައާރަފު ކުރަން ފެށުމާއެކު އެ ކުންފުންޏަށް ދިވެހިންގެ އިތުބާރު ބޮޑުވި އެވެ. އެހެންވެ ކުންފުނީގެ އާމްދަނީ 100 މިލިއަން ޑޮލަރަށް އުފުލިގެން ދިޔަ އެވެ.

އުރީދޫން އާއްމުންނަށް ހިއްސާ ވިއްކާނެކަން އިއުލާނުކޮށް، އެ ކުންފުނީގެ ވިޔަފާރި ފުޅާ ކުރަން ހުޅުމާލޭގައި "އުރީދޫ ބިލްޑިންގް" ގެ ބިންގާ އެޅި އެވެ. އަދި ރާއްޖެ އަށް 4ޖީގެ ހިދުމަތް ތައާރަފު ކުރި އެވެ. މީގެ އިތުރުން ޔޫއެންޑީޕީއާ ގުޅިގެން ހުޅުމާލެ- ސްމާޓް ސިޓީ ޕްރޮޖެކްޓް ފެށި އެވެ. އަދި އުރީދޫ "މަގޭ ޕްލޭން" އާއި "އުރީދޫ ނެކްޓްސް" އަދި "ފަސޭހަ ބްރޯޑް ބޭންޑް އިންޓަނެޓް" ހިދުމަތް ތައާރަފުކުރި އެވެ. މީގެ އިތުރުން އުރީދޫ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށް އުރީދޫ ކަލަރަން ތައާރަފު ކުރި އެވެ.

2018 ގައި 5 ޖީ ދައްކާލި

ދުނިޔޭގައި އެއިރަކު އަންނަ ފަހުގެ ޓެކްނޮލޮޖީ ދިވެހިންނަށް ގެނެސް ދިނުމުގައި އުރީދޫ އޮތީ އެންމެ ކުރީ ސަފުގަ އެވެ. އެ ކުންފުނިން ވަނީ 2018 ވަނަ އަހަރު 5ޖީ ރާއްޖެއަށް ދައްކާލާފަ އެވެ. ދުނިޔޭގެ ކޮމިއުނިކޭޝަން ނިޒާމުގެ މޫނުމަތި ބަދަލުކޮށްލާފައިވާ މި ހިދުމަތް ޓެސްޓް ކުރި އެވެ. އަދި އުރީދޫ މަސްރޭސް ތައާރަފުކޮށް ސިއްހީ ހިދުމަތްތަކަށް ހަދިޔާއެއްގެ ގޮތުގައި ތިން ސީއެބިއުލާންސް ރާއްޖެ އަށް ހަދިޔާކުރި އެވެ. އަދި ރާއްޖެއަށް މުޅިންއާ ހިދުމަތެއްގެ ގޮތުގައި "އީ-ސިމް" ތައާރަފު ކުރި އެވެ.

2019 އާބާދީގެ 65 ޕަސެންޓަށް ސުޕަނެޓް

ރާއްޖޭގެ އާބާދީގެ 65 ޕަސެންޓަށް އުރީދޫން ސުޕަނެޓް އިންޓަނެޓު ދޫކުރީ 2019 ވަނަ އަހަރު އެވެ. އަދި އެންމެ ޒަމާނީ ފަސޭހަކޮށް ވާހަކަ ދެއްކޭ އެޗްޑީ ވޮއިސްގެ ހިދުމަތް ދިވެހިންނަށް ގެނެސްދިނެވެ. އަދި ފުރަތަމަ ފަހަރަށް ވައިފައި ކޯލް ތައާރަފުކޮށް، އެލްޓީއީ ރޯމިން ތައާރަފުކުރި އެވެ. އުރީދޫ ކަލަ ރަން އައްޑޫގައި ބޭއްވުމުގެ އިތުރުން އީކޮމާސް ޕްލެޓްފޯމް މޫލީ ތައާރަފު ކުރި އެވެ. ސްޓާޓް އަޕް ޕްރޮގްރާމް ނިރު އެކްސެލެރޭޓާ ތައާރަފުކޮށް މާފުށީ ރިހިބްލިޓޭޝަން ސެންޓަރުގައި ޑިޖިޓަލް ކްލާސް ރޫމް ތައާރަފު ކުރި އެވެ. އެ ކުންފުނީގެ ކަސްޓަމަރުންނަށް ގެނެސްދިން "އެމްފައިސާ" ވެގެން ދިޔައީ ޑިޖިޓަލް ވޮލެޓެއް ދިވެހިންނަށް ލިބިގެން ދިޔަ ކަމަކަށެވެ.

އުރީދޫ މޯލްޑިވްސް އިން ވަނީ މި އަހަރު އާ ގިނަ ހިދުމަތް ތަކެއް ތައާރަފުކޮށްފަ އެވެ. ރާއްޖެ އަށް ފުރަތަމަ ފަހަރަށް ސައިން ލޭންގްއޭޖް ކަސްޓަމަރު ސާވިސަސް ސެންޓަރުގެ ހިދުމަތް ލޯންޗް ކުރި އެވެ. ފޭސްބުކް ފްލެކްސް ތައާރަފުކޮށް، ވާޗުއަލް ސޯޝަލް އިނޮވޭޝަން ކޭމްޕް "މިޔަހެލި" ތައާރަފު ކުރި އެވެ. އުރީދޫ ކުއިކް ޕޭގެ ހިދުމަތް ތައާރަފު ކުރި އެވެ. މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ރާއްޖޭން ކުރާ މަސައްކަތްތަކަށް އެ ކުންފުނިން ދަނީ ގިނަ އެހީކެއް ދެމުންނެވެ.

އުރީދޫން މިހާލަތުގައިވެސް ހަދިޔާތަކެއް

  • ކޮވިޑް-19 އިން ރައްކާތެރިވާން ކުރާ މަސައްކަތަކަށް 2.5 މިލިއަން ރުފިޔާ ހަދިޔާކުރި
  • 50 އިންޓިއުބޭޝަން ބޮކްސް ހަދިޔާކުރި
  • އުރީދޫ ކަސްޓަމަރުންނަށް ބޯނަސް ދިން
  • ގޫގުލް މެދުވެރިކޮށް ޓީޗަރުންނާއި ދަރިވަރުންނަށް ކިޔެވޭނެ ގޮތް ހެދި
  • ސަރުކާރު މުވައްޒަފުން ގޭގައި މަސައްކަތް ކުރަން ހިލޭ އިންޓަނެޓު ދިން
  • ކަރަންޓީންގައި ތިބޭ ކަސްޓަމަރުންނަށް ހިލޭ އިންޓަނެޓް
  • ބިލް ދެއްކުމުގައި ކަސްޓަމަރުންނަށް ލުއިތަކެއް ދިނުން
  • މޫލީ މެދުވެރިކޮށް މުހިންމު ބާވަތްތައް ގެއަށް ގެނެވޭނެ ގޮތް ހެދި
  • ކޮވިޑް-19 އަށް އާއްމުން ހޭލުންތެރި ކުރަން ހިދުމަތްތައް ތައާރަފުކުރި
  • ސަޕޯޓް ވޯކާސްއަށް ގޭގައި މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސި