އުރީދޫ ފުޓްބޯޅަ ފޯރި ކެމްޕެއިންގެ ދަށުން އުރީދޫ މޯލްޑިވްސްއިން ވަނީ ގަތަރުގައި އަންނަ މަހު ބާއްވާ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބެލުމަށް ގަތަރަށް ދިއުމުގެ ފުރުސަތު ހަތަރު ނަސީބުވެރިއަކަށް ދިނުމަށް ފުރުސަތު ހުޅުވާލާފަ އެވެ.
އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭ ގޮތަށް މިއަހަރުގެ އޮގަސްޓް މަހު އިއުލާނުކުރި ލަކީ ޑްރޯގެ މުއްދަތު ހަމަވާނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. ގަތަރަށް ކުރާ ދަތުރުގެ އިތުރުން އުރީދޫ މޯލްޑިވްސް އިން އަންނަނީ ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ސެމްސަންގް ގެލެކްސީ ބަޑްސް، އެއާޕޮޑްސް، އެއާޓެގްސް ފަދަ އަގުހުރި އިނާމުތައް ކޮންމެ ހަފުތާއަކު 10 ނަސީބުވެރިންނަށް ދެމުންނެވެ.
އުރީދޫ ހިޔާރުކުރަންވީ ކީއްވެ؟
މުޅި ރާއްޖެއަށް 4ޖީ+ ނެޓްވޯކް ކަވަރޭޖުގެ އިތުރުން އުރީދޫ މޯލްޑިވްސް އިން ދާދި ފަހުން ވަނީ މާލެ، ހުޅުމާލެ ފޭސް އެކެއް، ވިލިނގިލި އަދި ހުޅުލެ ހިމެނޭ ގޮތަށް 5ޖީ ކަވަރޭޖް ފުޅާކޮށް، އާބާދީގެ ބޮޑު ބަޔަކަށް އުރީދޫ 5ޖީގެ ހަލުވި ސްޕީޑް ލިބޭނެ މަގު ފަހިކޮށްދީފަ އެވެ.
އުރީދޫ މޯލްޑިވްސް އަކީ އަބަދުވެސް ޓެލެކޮމް އިންޑަސްޓްރީގައި އެންމެ ހެޔޮ އަގުގައި އީޖާދީ އަދި ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏެކެވެ. އެގޮތުން ތައާރަފް ކުރެވުނު އާޗާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި ޑެއިލީ ޑޭޓާ ލިބޭ ގޮތަށް ރާއްޖެއަށް ތައާރަފް ކުރެވުނު ފުރަތަމަ ޑޭޓާ ޕްލޭންސް ތަކެވެ. މި ޕްލޭން ތަކާއެކު ކަސްޓަމަރުންނަށް ދުވަހަށް ބޭނުންވާ ޑޭޓާ އާއި އެއްގޮތަށް އިންޓަނެޓަށް ކުރެވޭ ހަރަދު ފަސޭހައިން މެނޭޖްކޮށްލެވެ އެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އިންޓަނެޓްގެ ހިދުމަތް ހޮޔޮ އަގުގައި ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން އުރީދޫ މޯލްޑިވްސް އިން 2021 ވަނަ އަހަރު ވަނީ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ބްރޯޑްބޭންޑް ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މާކެޓުގައި ހުރި އެންމެ ރަނގަޅު ޕްލޭންތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފަ އެވެ.
މިހާރުގެ ޕޯޓްފޯލިއޯގައި އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް 60 އިންސައްތަ ބޮޑެތި ޑޭޓާ އެލަވަންސް، ޕޯސްޓްޕެއިޑް ޕްލޭންތަކުގެ 30 އިންސައްތަ އިތުރު ޑޭޓާ އަދި ފަސޭހާ ބްރޯޑްބޭންޑް ޕްލޭންތަކަށް 25 އިންސައްތަ އިތުރު ޑޭޓާ ފޯރުކޮށްދީ، މުޅިއަކު 40 އިންސައްތައާއި ހަމައަށް އަގުތަށް ލުއިކޮޮށްދީފައިވެ އެވެ.
މީގެ އިތުރުން 2021 ވަނަ އަހަރު އެ ކުންފުނީގެ ފައިބާ ސުޕަނެޓް ބްރޯޑްބޭންޑް ޕްލޭންތަކަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އޮގޮތުން އާ ހަތަރު ޕްލޭނެއް ތައާރަފްކޮށް 100 އިންސައްތައަށް ޑޭޓާ އެލަވަންސް އިތުރުކޮށް، ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންލިމިޓެޑް ޑޭޓާ ރޯލްއޯވާގެ ހިދުމަތް ވެސް ވަނީ ދޭން ފަށާފަ އެވެ.
މި އަޕްގްރޭޑާއެކު ސުޕަނެޓް ހޯމް ބްރޯޑްބޭންޑް ޕްލޭންތަކުން މިހާރު އަންނަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ބާޒާރުގައި އެންމެ ބޮޑު ޑޭޓާ އެލަވަންސް ދެމުންނެވެ. މީގެ އިތުރުން ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް، ގޭމިން ފަދަ މަގުބޫލު އެޕްލިކޭޝަންތަކަށް ވެސް އެ ނެޓްވޯކުން ވަނީ ސުޕަނެޓްގެ ހިދުމަތްތައް އޮޕްޓިމައިޒްކޮށް ކަސްޓަމަރުންނަށް އިންޓަނެޓްގެ އެންމެ ފުރިހަމަ ތަޖުރިބާ ލިބޭނެ މަގު ފަހިކޮށްދީފަ އެވެ.
އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއާ ލޯޔަލްޓީ ޕްރޮގްރާމް މެދުވެރިކޮށް އެ ކުންފުނީގެ ކަސްޓަމަރުންނަށް ބައިނަލްއަގުވާމީ އަދި ދިވެހި ބްރޭންޑްތަކާއި ފިހާރަތަކާއި ރެސްޓޯރެންޓްތަކުން ހާއްސަ ޑިސްކައުންޓާއި އޮފާތަކާއި އެއާޕޯޓު ލައުންޖުތަކަށް ވަނުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފަ އެވެ. މީގެ އިތުރުން އީކޮމާސް ޕްލެޓްފޯމް މޫލީ އަދި އެމް-ފައިސާ ފަދަ ޑިޖިޓަލް ހިދުމަތްތަކާއެކު އުރީދޫއިން ކަސްޓަމަރުން ބާރުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބޭ ހިދުމަތްތަކާ ގުޅުވާލަދީ، ދިރިއުޅުން އިތުރަށް ފުރިހަމަ ކޮށްދެ އެވެ.
އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ސުޕަނެޓް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި، ޕްރީޕެއިޑް ރީޗާޖް ކުރާ ކަސްޓަމަރުންނާއި، އުރީދޫ ބިލަށް ފައިސާ ދެއްކުމާއި، އާ ޕްލޭނަކަށް އަޕްގްރޭޑް ކުރާ ސްޓަމަރުންނާއި، މޫލީ މެދުވެރިކޮށް ޝޮޕިން ކުރާ ފަރާތްތައް އަދި އެމް-ފައިސާގެ ހިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުން ވެސް އޮޓޮމެޓިކުން ލަކީ ޑްރޯގެ ތެރޭގައި ހިމެނެ އެވެ. މި މުއްދަތުގައި އުރީދޫ މޯލްޑިވްސްއާ އަލަށް ގުޅުނު ކޮންމެ ކަސްޓަމަރަކު ވެސް ލަކީ ޑްރޯގައި ހިމެނި، ހަފުތާއަކު ހިތްގައިމު އިނާމުތަކުގެ އިތުރުން ގްރޭންޑް ޕްރައިޒް ވެސް ލިބޭނެ އެވެ.