މި ބޯޓުގެ ކޯ ޕައިލެޓް ވަނީ ބޯޓުގެ ކޮންޓްރޯލް ނަގައި ދަތުރު ކުރަމުންދިޔަ މިސްރާބު ބަދަލުކޮށް ނިއުޔޯކްގެ ސައިރަކިއުސް އަށް ބޯޓު ޖައްސާފައެވެ. ބޯޓުގެ ދަތުރު ކުރުމަށާއި ޖެއްސުމަށް އެއްވެސް ކަހަލަ ނުރައްކަލަކާ ކުރިމަތި ވެފައެއް ނުވެއެވެ.
އެމެރިކަން އެއާލައިނުން މި ހާދިސާއާ ގުޅިގެން އިންތިހާއަށް ހިތާމަ ކުރާ ކަމަށާއި އަދި އެ އެއާލައިންއިން ޕައިލްޓުގެ އާއިލާއާއި އެކުގައި މަސައްކަތް ކުރަމުންދިޔަ ކްރޫއަށް ލިބިފައިވާ ހިތާމައިގާ ބައިވެރިވާ ކަމަށް ވަނީ ބުނެފައެވެ.
ބޯޓުގެ ކްރޫ ބަދަލުކުރުމައްފަހު ކަނޑައެޅިފައިވާ މަންޒިލް ކަމައްވާ ބޯސްޓަންއަށް ބޯޓު ވަނީ ފުރުވާލާފައެވެ.
އެއާލައިނުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ ފީނިކްސް އިން ނައްޓާލި ފަހުން ޕައިލެޓްގެ ސިއްހީ ހާލަތު ދަށައް ދިޔަ ކަމަށާއި އެއާއެކު ބޯޓުގެ މިސްރާބު ބަދަލު ކުރަން ޖެހުނު ކަމަށެވެ. ޕައިލެޓަށް ދިމާވި ސިއްހީ މައްސަލައިގެ ތަފްސީލު އެއާލައިނުން އަދި ހާމަ ކޮއްފައެއް ނުވެއެވެ.