ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިސޯޓް

އިތުރު ދެ ރިސޯޓެއް ކަރަންޓް ފެސިލިޓީއަށް ނަގައިފި

Aug 4, 2020

މ. އަތޮޅު މެދުފުށި ރިސޯޓާއި ފ. އަތޮޅު ފިލިތެޔޮ ރިސޯޓް ކަރަންޓީން ފެސިލިޓީގެ ގޮތުގައި ހަމަޖައްސައި ބޭނުން ކުރަން ފަށައިފި އެވެ.

ކަރަންޓީންގެ ފެސިލިޓީގެ ގޮތުގައި ކުރިންސުރެ ބޭނުން ކުރަމުން އައި ބަނޑޮހާއި އެރިޔަދޫ އާއި ފަން އައިލެންޑް ރިސޯޓާއި ރޯޔަލް އައިލެންޑް ރިސޯޓް އަދިވެސް ކޮވިޑް ކަރަންޓީނަށް ބޭނުން ކުރެ އެވެ. އިތުރު ކުރީ މެދުފުއްޓާއި ފިލިތެޔޮ ރިސޯޓެވެ.

ރިސޯޓްތަކުގެ ކަރަންޓީންގައި ބައިތިއްބާ ކޮންމެ މީހަކަށް ދުވާލަކު 750ރ. ސަރުކާރުން ހަރަދު ކުރެ އެވެ.

އެ ދެރަށް ކަރަންޓީނު ފެސިލިޓީޒްގެ ގޮތުގައި ހަމަޖެއްސި އިރު ގިނަ އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވެ ރާއްޖޭގައި ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4,293 އަށް އުފުލިފަ ވެ. މިދިއަ 24 ގަޑި އިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް ބައްޔަށް އިތުރު 129 މީހުން ޕޮޒިޓިވެފައި ވެއެވެ. އޭގެ ތެރެއިން 93 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 23 މީހަކާއި އިންޑިއާގެ އަށް މީހަކާއި ސްރީލަންކާގެ ހަތަރު މީހަކާއި އިންޑޮނޭޝިއާ މީހެކެވެ. އޭގެ ކުރީ ދުވަހު ވެސް 215 މީހަކަށް ރާއްޖޭގައި ކޮވިޑް ބަލި ޖެހުނެވެ.

މިދިއަ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކުހެން ރިކޯޑް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓްވްވަމުން ދާތީ ކަންބޮޑުވުމެއް އުފެދި ކުރިން ލުއި ދިން ބައެއް ފިޔަވަޅުތައް އަލުން އަޅާފައި ވެސް ވެއެވެ.

ޝިފާއެއް ނެތް ކޮވިޑް ބަލީގައި ބޭރު މީހުން ވެސް ހިމެނޭ ގޮތަށް ރާއްޖެ މިހާތަނަށް 19 މީހަކު މަރުވެފައި ވެއެވެ. މިއަދު ވެސް ކޮވިޑްޖެހުނު މީހަކު މަރުވި އެވެ. މިހާރު މިހާތަނަށް ކޮވިޑްގައި މަރުވި ދިވެހިންގެ އަދަދަކީ 14 އެެވެ. ބިދޭސީންގެ ފަސް މީހުންވެ.