ޑީއާރްޕީ

ޖާބިރު އާއި ހައްސާންގެ ޝޯއެއް

Aug 4, 2020
1

މަޝްހޫރު ލަވަ ކިޔުންތެރިޔާ މޭނާ ހައްސާން، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާ ގުޅިއްޖެ އެވެ.

އޭނާ އެ ޕާޓީއަށް ސޮއިކޮށް ޕާޓީގެ މެންބަރޝިޕް ފޯމް ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުއާ ވަނީ ހަވާލުކޮށްފައެވެ.

ފޯމް ހަވާލުކުރުމަށް ހައްސާން ވިދާޅުވީ އޭނާ ޑީއާރުޕީއާ ގުޅުނީ ރައްޔިތުން އެންމެ ލޯބިވާ ޕާޓީއަށް އެޕާޓީ ހެދުމުގެ ބޭނުމުގައި ކަމަށެވެ.

"މި ޕާޓީއަކީ އިނގޭތޯ، ދިވެހިރައްޔިތުން ލޮބުވެތި އެންމެ ލޯބިވާ ޕާޓީއަށް ހެދުމުގެ ހެޔޮ ނިޔަތުގައި މިރޭ އަޅުގަނޑުގެ ލޯބިވާ ވެރިޔާއާ [ޖާބިރު] މި ބައްދާލަނީ،" ޖާބިރާ ބައްދާލައިގެން ހުރެ ހައްސާން ވިދާޅުވިއެވެ.

ޖާބިރުވެސް ވަނީ ހައްސާން ޑީއާރުޕީއާ ގުޅުނު މަންޒަރު ފެންނަ ވީޑިއޯ ޓްވީޓް ކުރައްވާފައެވެ.

މޭނާ ހައްސާން، ޑީއާރުޕީއަށް ސޮއިކޮށް ފޯމް ހަވާލުކުރުމުން ޖާބިރާ، ހައްސާން ވަނީ "ވަގުތު ނެތޭ ވަގުތު ނެތޭ" މި ލަވައަށް ނައްޓަވާފައެވެ.

މިފަހުން ޖާބިރު ވާހަކަ ދައްކާ އޯޑިއޯތައްވެސް ދަނީ އާންމު ކުރަމުންނެވެ. އެފަދަ ބައެއް އޯޑިއޯތަކުގައި ދައުލަތުގެ އިސްވެރިންނަށް ނިސްބަތްކޮށް ވަރަށް ހުތުރު ބަހުން ވާހަކަ ދައްކަވާފައި ހުރެއެވެ. އަދި ރައީސް ސޯލިހަށް ކަންކަން ކުރައްވީ ގޮތް އަންގާ، ސަރުކާރަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއެވެ.