އދ. އޮމަދޫން މާލެ ގެނައި ބަލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ
އޮމަދޫ ކައުންސިލް ރައީސް އަދުނާން އަބްދުﷲ ވިދާޅުވީ އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 50 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި އެމީހާ އަކީ ނޭވާ ހިއްލުމުގެ ބަލި ހުންނަ މީހެއް ކަމަށް ވެސް ވިދާޅުވި އެވެ.
އަދުނާން ވިދާޅުވީ އެ އަންހެން މީހާ ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ އިތުރު ފަރުވާއަށް މާލެ ފޮނުވައި އައިޖީއެމްއެޗުގައި އެޑްމިޓް ކުރުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓު ކުރުމުން ކަމަށެވެ. ނަމަވެސް އޭނަ ވިދާޅުވީ އެމީހާ އަކީ މިފަހުން އެއްވެސް ތަނަކަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށާއި މީހާކާއި ބައްދަލުވެފައިވާ ފަރާތެއް ވެސް ނޫން ކަމަށެވެ.
ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު އިތުރުވަމުންދަތީ ސަރުކާރުން ވަނީ ފިޔަވަޅުތަކެއް ވަރުގަދަ ކޮށްފަ އެވެ. އެގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެއިން ރަށްރަށައް ދިޔުން ވަނީ މަނާކޮށްފަ އެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ.