ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހަތް ފަތުރުވެރިއަކާއި ނުވަ މުވައްޒިފުން ޕޮަޒިޓިވްވެއްޖެ

މިހާތަނަށް ހަތް ރިސޯޓަކުން ހަ ފަތުރުވެރިންނާއި ނުވަ މުވައްޒިފުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ހަތް ރިސޯޓަކުން ހަ ފަތުރުވެރިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ރިސޯޓްތަކުގައި މަސައްކަތް ކުރަމުންދާ ނުވަ މުވައްޒިފަކުވެސް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮންކޮން ރިސޯޓްތަކަކުން ކަމެއް އެޗްޕީއޭއިން ނުބުނެއެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިއެކެވެ. އޭގެ ފަހުން މިމަހުގެ ހަތަރުވަނަ ދުވަހު ރާއްޖެއިން ފުރަން ވެގެން ޓެސްޓްކުރި ފަތުރުވެރިއަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.