ޕެޕް ގާޑިއޯލާ

ޗެމްޕިއަންސް ލީގް ހޯދަން އިތުބާރު ބޮޑުވެއްޖެ

0%
0%
0%

މެންޗެސްޓާ ސިޓީއަށް ޔޫއެފާ ޗެމްޕިއަންސް ލީގް ހޯދޭނެ ކަމުގެ އިތުބާރު ބޮޑުވެއްޖެ ކަމަށް، އެ ޓީމުގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ދެ ވަނަ ލެގްގައި 2-1 އެއްގެ ނަތީޖާއިން ރެއާލްގެ މައްޗަށް ހޯދި މޮޅާއެކު ސިޓީ ވަނީ ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމަށް އޭނާގެ ޓީމަކީ ފޭވަރިޓް ޓީމު ކަމަށް ގަބޫލު ކުރަން ގާޑިއޯލާ ބޭނުމެއް ނުވެ އެވެ. އެހެން ނަމަވެސް އޭނާ ބުނީ، ރެއާލް މެޑްރިޑް ކަހަލަ ޓީމެއްގެ އަތުން މޮޅުވުމަކީ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމުގެ ފެންވަރު ސިޓީގެ ޓީމުގައި ހުރި ކަމުގެ ހެއްކެއް ކަމަށެވެ.

"މިއީ ވަރަށް މުހިންމު މޮޅެއް، ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި ބޮޑު ޓީމެއް ބަލި ކުރުމަކީ އާދައިގެ ކަމެއް،" ގާޑއޯލާ ބުންޏެވެ. "އަހަރެމެން ޗެމްޕިއަންސް ލީގް ކާމިޔާބު ކުރަންޏާ އަހަރެމެން ޖެހޭނީ މިކަހަލަ ޓީމުތައް އަތުން މޮޅުވެގެން ކުރިއަށްދާން، މިއީ އަހަރެމެންގެ ސީޒަނަށް އަދި އަހަރެމެންގެ ކުރިމަގަށް މުހިންމު މޮޅެއް."

ޗެމްޕިއަންސް ކްއާޓާ ފައިނަލުގައި އަންނަ ހޮނިހިރު ދުވަހު ސިޓީ ނުކުންނާނީ ޔުވެންޓަސް އަތުން އަވޭގޯލުން ކްއާޓާ އަށް ދަތުރު ކުރި އޮލިމްޕިކް ލިޔޯން އާ ދެކޮޅަށެވެ. ކްއާޓާ ފައިނުލުން ފެށިގެން މުބާރާތް ކުރިއަށް ދާނީ ޕޯޗްގަލްގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910